Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 10:59
ބްރޮޑްކޮމްގެ ރައީސް ސަރުކާރުން ބޭއްވި \'\'ބުރަބީ\'\' ޖަލްސާ ހުށައަޅުއްވައިދެއްވަނީ
ބްރޮޑްކޮމްގެ ރައީސް ސަރުކާރުން ބޭއްވި ''ބުރަބީ'' ޖަލްސާ ހުށައަޅުއްވައިދެއްވަނީ
ރާއްޖެ އެމްވީ
ބްރޯޑްކާސްޓިން ކޮމިޝަން
ބްރޯޑްކޮމްގެ ރައީސް ސަރުކާރުގެ އިވެެންޓު ހުށައެޅުމުން އިދިކޮޅުގެ ފާޑުކިޔުން
ބްރޯޑްކޮމްގެ ރައީސް ހުށައެޅުއްވީ ޓޫރިޒަމް މިނިސްޓްރީގެ ހަފްލާއެއް
ބްރޯޑްކޮމްގެ މިނިވަންކަމާއި މެދު އާދަމް ޝަރީފް ސުވާލު އުފެއްދެވި

ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ރައީސް މަރިޔަމް ވަހީދާ ސަރުކާރުގެ އިވެންޓެއް ހުށައަޅައި ދިނުމުން އިދިކޮޅުން ފާޑު ކިޔައިފިއެވެ.

ބްރޯޑްކޮމްގެ ރައީސް ހުށައަޅާދެއްވާފައިވަނީ, އަންގާރަ ދުވަހު ޓޫރިޒަމް މިނިސްޓްރީން އަލަށް ފަތުރުވެރިކަމަށް ރަށްތައް އިއުލާން ކުރުމަށް ދަރުބާރުގޭގައި ބޭއްވި "ބުރަބި" ޖަލްސާއެވެ.

Advertisement

ވަހީދާ ޝޯ ހުށައަޅާދެއްވާފައިވާތީ އެ ކޮމިޝަންގެ މިނިވަންކަމާއި މެދު ސުވާލު އުފައްދަވަމުން، އިދިކޮޅު ޕީއެންސްއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، މިނިވަން މުއައްސަސާގެ ރައީސަކަށް ހުންނެވި ބޭފުޅަކު ސަރުކާރުގެ ޝޯއެއް ހުށަައަޅައިދިނުމުން އެ މުއައްސަސާގެ މިނިވަން ކަމާއި މެދު ރައްޔިތުންގެ މެދުގައި ސުވާލު އުފެދޭ ކަމަށެވެ.

ކުރީ ސަރުކާރުގައި، ބްރޯޑްކޮމް މެމްބަރުން އޭރުގެ ސަރުކާރުން ބާއްވާ ހަފްލާތުގައިއާއި ސަރުކާރަަށް ތާއިދު ހޯދުމުގެ ގޮތުން ބޭއްވި ކެމްޕޭނު ތަކުގައި ބައިވެރިވާތީވެ އޭރު އިދިކޮޅުގައި އޮތް އެމްޑީޕީން ފާޑުކިޔާތީވެ އެކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، މިހާރު ސަރުކާރުންވެސް ކުރަމުންދަނީ ހަަމަ އެކަން ކަމަށެވެ.

މަރިޔަމް ވަހީދާއަކީ ދާދި ފަހުން ބްރޮޑްކާސްޓިންގ ކޮމިޝަނަށް އައްޔަނުކުރި ތިން މެމްބަރުންގެ ތެރެއިން އެއް ބޭފުޅެކެވެ. މަރިޔަމް ވަހީދާއަކީ ގިނަ ދުވަސްތަކެއް ވަންދެން މީޑިއާގައި މަސައްކަތްކުރައްވާފައިވާ، އަދި ގިނަ ޝޯތަކެއް ހޯސްޓް ކުރައްވާފައިވާ ތަޖުރިބާކާރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
18 ޑިސެންބަރ 2019 | ބުދަ 13:21
ސަކީނާ
ރައްޔިތުންގެ މަޖްލިހުގެ މެމްބަރުންގެ ދައްދޮޅި ދުއްވާލަން ބުނިމީހާ ބޭކާރު އަގަ ނުތަޅާ. މަރިޔަން އެމަގާމަށް އައުމުގެ ކުރިންވެސް ކުރައްވާކަމަކީ ޝޯހުށައެޅުން. އެއީ އާމްދަނީ ހޯދުމަށްވުރެ ހޮބީއަކަށް ކުރައްވާކަމެއް.
18 ޑިސެންބަރ 2019 | ބުދަ 11:40
ބޮޑޭ
އާދަން ޝަރީފުމެންގެ ސަރުކާރުގައި އެމީހުންނަށް ގޯސް ކަމެއް ނޫން ކަމެއް ދެކިގެން ކުރި ރަގަޅުކަންކަން މި ސަރުކާރުން ކުރީމާ އެކަމާ ދެކޮޅަށް ވާހަކަދައްކަން އެންމެ ރަގަޅީ މި މީހުންނެއް ނޫން ދޯ
18 ޑިސެންބަރ 2019 | ބުދަ 11:07
ޑޮން ބިލް މަރ
މިނިވަން ކަމާއެކު ހުށަހަޅާދޭ އެމް ޑީ ޕީ އެކްޓިވިސްޓެއް