Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 10:27
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ރާއްޖެ އެމްވީ
ރައީސް ޔާމީން
ކަފާލާތުގެ ދަށުން ޔާމީން މިނިވަން ކުރަން ހައިކޯޓަށް ހުށައަޅައިފި
ރައީސް ޔާމީނަށްވެސް ލަސްނުވެ ބެއިލްގެ ޔަގީންކަން އެބައޮތްކަމަށް ޑރ. ޖަމީލް ވިދާޅުވި
ރައީސް ޔާމީން ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ ނޮވެމްބަރު 28 ގައި
ރައީސް ޔާމީންގެ މައްޗަށް ވަނީ ފަސްއަހަރުގެ ޖަލުހުކުމެއް އިއްވާފައި

ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަފާލާތުގެ ދަށުން މިނިވަން ކުރުމަށް އެދި ހައިކޯޓަށް ހުށަހަޅައިފިއެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް އަދު ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ބުދަ ދުވަހު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ރައީސް ޔާމީންގެ ފަރާތުން ބެއިލްއަށް އެދި ހުށަހަޅާފައިވާކަން ހާމަކުރައްވާފައެވެ.

Advertisement

ޒަމާނީ ޖުޑިޝަރީތަކުގައި ރައްޔިތުންނަށް ލިބިދޭ މިފަދަ ހައްގުތައް ދިވެހިރާއްޖޭގެ ކޯޓުތަކުން މީގެ ކުރިންވެސް ނަގަހައްޓާފައިވާތީ، ރައީސް ޔާމީނަށްވެސް ލަސްނުވެ ބެއިލްގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޑރ. ޖަމީލްގެ ޓްވީޓްގައި ވެއެވެ.

ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ޙުކުމް ކޮށްފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. ޔާމީންގެ މައްޗަށް ސާބިތުވެފައިވަނީ، އެމްއެމްޕީއާރްސީގެ ފައިސާ އަމިއްލަ ކުންފުންޏެއް ކަމުގައިވާ އެސްއޯއެފް މެދުވެރިކޮށް ލޯންޑަރކުރުމުގެ ކުށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް