Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 10:15
ރ. މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ
ރ. މަޑުއްވަރީގައި ފުލުހުން ހަރަކާތްތެރިވަނީ
މަޑުއްވަރީއޮންލައިން.ކޮމް
މޯލްޑިވްސް ޕޮލިސް ސަރވިސް
ހަރުކަށި ފިކުރު ފަތުރަމުންދާ މީހުން ހޯދުމަށް މަޑުއްވަރީގައި ހާއްސަ އޮޕަރޭޝަނެއް
މަޑުއްވަރީ ހަރުކަށި ފިކުރު ފަތުރަމުންދާ މީހުންގެ އަދަދު ގިނަ ކަމަށް ބުނެވޭ
ކޯޓުން ބޭރުން ކައިވެނި ކޮށްގެން އުޅޭ އެ ރަށު 13 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފެންމަތިވި
މި އޮޕްރޭޝަނަކީ ފުލުހުންނާއި، ސިފައިން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެއް

ހަރުކަށި ފިކުރު ފަތުރަމުންދާ މީހުން ހޯދުމަށް ރ. މަޑުއްވަރީގެ ގެތައް ބަލާ ފާސްކުރަން ފުލުހުން ފަށައިފި އެވެ.

އެ އޮޕަރޭޝަންއާ ބެހޭގޮތުން ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވީ، ދީނީ ގޮތުން ހައްދުފަަހަނަ އަޅާފައިވާ މީހުން ހޯދުމުގެ ގޮތުން ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ބުދަ ދުވަހު މަޑުއްވަރީގައި ފަށާފައިވާ ކަަމަށެވެ. އޮޕަރޭޝަން ނިމުމުން އެކަމުގެ ތަފްސީލު ހާމަކުރައްވާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ.

މި އޮޕްރޭޝަނަކީ ފުލުހުންނާއި، ސިފައިން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

އޮޕަރޭޝަންގެ މައުލޫމާތު ހާމަކުރަމުން ފުލުހުން އާއްމުކޮށްފައިވާ ބަޔާނުގައި ބުނީ އެ އޮޕަރޭޝަނަކީ، އެ ރަށުގައި ހަރުކަށި ފިކުރު ފަަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިންގެ ހައްގުތަކުން މަހްރޫމްކޮށް އެ ފަރާތްތަކަށް ނާޒާއިޒް ފައިދާނަގައި އަންހެނުންނާއި ކުޑަކުދިން މުޖުތަމައު އާއި ވަކިކޮށް ވެކްސިންނުދީ، ތައުލީމް ހާސިލްކުރުމުން މަހްރޫމްކޮށް އަންހެންނާއި ފުރާނާ އަށް ނުރައްކާތެރި ހާލަތްތަކަށް ހުށައެޅިފައިވާތީ އެކަން ކުުރުމުގައި އިސްވެ ހަރަކާތްތެރިވާ ފަރާތްތައް ހޯދަން ބަލައި ފާސްކުރުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

Advertisement

ފުލުހުން ބުނީ، މަޑުއްވަރީގައި ހަރަކާތްތެރިވާ ހަރުކަށި ފިކުރުތަކަށް ތާއިދުކޮށް އެފަދަ އަމަލުތައް ފަތުރަން މަސައްކަތްކުރާ ފަރާތްތަކުން ގަބޫލުކުރާ ކުރުމެއްގެ މައްޗަށް ބިނާކޮށް ހައްގަކާއި ނުލައި މީހުންގެ މުދަލާއި ތަކެއްޗަށް އަރައިގަނެ ޓެރަރިޒަމާއި ހައްދުފަހަނައަަޅާފައިވާ އަމަލުތައް ހިންގާ ޖަމާއަތްތަކަށް ތާއިދުކޮށް އެކަން ދިފާއުކޮށް ފަތުރަން މަސައްކަތް ކުރަމުންދާ ފަރާތްތަކަށް ފުލުހުންނާއި ސިފައިން ގުޅިގެން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މަޑުއްވަރީ ގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ހިންގަން ފަށާފައިވާއިރު، ދާދި ފަހުން އެ ރަށުން އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން ކައިވެނި ކޮށްގެން ދަރިއަކަށް ބަލިވެއިން މައްސަލަ އެއް ވަނީ ފެންމަތިވެފައެވެ.

އެ މައްސަލަ ފެންމަތިވީ މަޑުއްވަރީ ޒުވާނަކަށް ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ހަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ފިރިހެން މީހާ އަކީ އެ ރަށު ހަރުކަށި ފިކުރު ގެންގުޅޭ އާއިލާ އަކަށް ނިސްބަތްވާ މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް