Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 10:30
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް
މުހައްމަދު ފަޒީން
އެޗްއާރުސީއެމް
ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް ދަނީ އަރައިގަންނަމުން: އެޗްއާރުސީއެމް
ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ރައްކައުތެރިކަންނެތް މާހައުލެއްގައި މަސައްކަތް ކުރަން ޖެހުން ހިމެނޭ
އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި ބިދޭސީން ދިރިއުޅެން ޖެހޭކަން ވަނީ ފާހަގަކޮށްފައި
ނޯޓިސް ދިނުމަކާއި ނުލާ ވަޒީފާއިން ވަކިކުރުން ވަނީ ފާހަގަކޮށްފައި

ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތަކާއި އަދި އެކަމުގައި ޝާމިލްވާ އެހެންހެން ފަރާތްތަކުން މި މަސައްކަތްތެރިންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

ބައިނަލްއަޤްވާމީ ހިޖުރަވެރިންގެ ދުވަސް 2019 އާއި ގުޅިގެން އެޗްއާރުސީއެމްއިން ބެރުނު ބަޔާނުގައި ވަނީ ބައިނަލްއަޤްވާމީ ގޮތުން ހިޖުރަވެރިންގެ ދުވަހެއް ފާހަގަ ކުރުމުގެ މަޤްސަދަކީ އެކިއެކި ބޭނުންތަކުގައި އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމުތަކަށް ހިޖުރަކޮށްއުޅޭ މީހުންނަށް ދިމާވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ހޭލުންތެރިކޮށް އެގޮންޖެހުންތައް ހައްލުކުރުމަށް ވަކާލާތު ކުރުމާއި ހައްގުތައް ރައްކައުތެރިކުރުމަށް ބާރު އެޅުން ކަމަށެވެ.

ދިވެހިރާއްޖެއަށް މައިގަނޑުގޮތެއްގައި ހިޖުރަކުރަނީ މަސައްކަތްތެރިން ކަމުގައިވާއިރު ހިޖުރަވެރިންގެ ހައްގުތައް ހިމާޔަތްކޮށް ރައްކައުތެރިކުރުމަށާއި އެފަދަ ފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ބަޔާންކޮށް ތަފާތު ޤާނޫނުތައް ހަދާފައިވާ ކަމަށާއި، މި ޤާނޫނުތަކާއި ޤަވާއިދުތަކުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތައް އެކަށައަޅައި އެފަރާތްތަކުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅި ބަޔާންވެގެންވީނަމަވެސް ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް ގެންނަ ފަރާތްތަކާއި އަދި އެކަމުގައި ޝާމިލްވާ އެހެންހެން ފަރާތްތަކުން މި މަސައްކަތްތެރިންގެ ހައްގުތަކަށް ދަނީ އަރައިގަންނަމުން ކަމަށެވެ.

Advertisement

އެގޮތުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރޭގައި ރައްކައުތެރިކަންނެތް މާހައުލެއްގައި މަސައްކަތް ކުރަން ޖެހުމާއި، މަސައްކަތުގެ އުޖޫރަ ނުދިނުމާއި، ނިސްބަތްވާ ގައުމު ނޭންގުމާއި، ބިދޭސީއަކަށްވީތީ ތަފާތުކުރުމާއި، އިންސާނުން ދިރިއުޅެން އެކަށީގެންނުވާ ތަންތަނުގައި ދިރިއުޅެން ޖެހުމާއި މަސައްކަތް ކުރާ ފަރާތްތތަކުން ބިދެސީ މަސައްކަތްތެތރންގެ ޕާސްޕޯޓާއ އެހެންހެން ޒާޓީ ލިޔެކިޔުން އަތުލުމާއި ، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމާއި އިންސާނީ ވަގުފާރި (ހިއުމަން ޓްރެފިކިން) ގެ މައްސަލަތަކާއި މަސައްކަތް ކުރުވާ ފަރާތުގެ އިހުމާލުން ނުރައްކައުތެރި އާލާތްތަކަށް ހުށަހެޅި ބިދޭސީ މަސައްކަތްތެރިން މަރުވެފައިވާ މައްސަލަތަކާއި އަދި ބިދޭސ މަސައްކަތްތެރިން ގެއްލިގެން ހުށަހަޅާފައިވާ މައްސަލަތައް ހިމެނޭ ކަމަށް ބަޔާނުގައި ވެއެވެ.

އެހެންކަމުން، ޤާނޫނުތަކާއި ގަވާއިދުތަކުން ލިބިދީފައިވާ ހައްގުތަކާއި ރައްކައުތެރިކަން ތަފާތުކުރުމެއްނެތި އެފަރާތްތަކަށް ކަށަވަރުކޮށްދީ މިކަމާއި މެދު ރައްޔިތުންނާއި ބިދޭސީ މަސައްކަތްތެރިން ހޭލުންތެރިކުރުމާއި ދުޅަހެޔޮ މުޖުތަމައުއެއް ޤާއިމްކުރުމަށް އެ ކޮމިޝަނުން ކުރާ މަސައްކަތުގައި ދިވެހި ދައުލަތާއި މީޑިއާތަކާއި މަދަނީ ޖަމާޢަތްތަކުން މިހާރަށްވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ވަނީ ގޮވާލާފައެވެ.

އަދި އެހެންމެ ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނާއި މެދު ގެންގުޅޭ ނުރަނގަޅު ވިސްނުންތަކާއި ނޭދެވޭ ތަފާތުކުރުންތައް ނައްތާލާ އެފަރާތްތަކާއިމެދު އިހްތުރާމާއި އެކު މައާމަލާތްކުރުމަށްވެސް އިލްތިމާސްކުރާ ކަމަށެވެ. ހަމަ އެއާއިއެކު ރާއްޖެއަށް ހިޖުރަކުރާ ބިދޭސީ މަސައްކަތްތެރިންވެސް އެފަރާތްތަކުގެ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭ ކަންވެސް ވަނީ ފާހަގަކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް