Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 08:09
ދިވެހިންގެ އުއްމީދީ ޕާޓީ އުފެއްދުމަށް ހުއްދަ ދީފައިވަނީ އަންގާރަ ދުވަހު
ދިވެހިންގެ އުއްމީދީ ޕާޓީ އުފެއްދުމަށް ހުއްދަ ދީފައިވަނީ އަންގާރަ ދުވަހު
އިލެކްޝަންސް ކޮމިޝަން
އިލެކްޝަން ކޮމިޝަން
ދިވެހިންގެ އުއްމީދީ ޕާޓީ އުފެއްދުމަށް އީސީން ހުއްދަދީފި
ހުއްދަ ދިފައިވަނީ އަންގާރަ ދުވަހު
ޕާޓީއެއް އުފައްދަން މަދުވެގެން 3000 މެމްބަރުން ހަަމަކުރަން ޖެހޭ

''ދިވެހިންގެ އުއްމީދީ ޕާޓީ'' ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދީފިއެވެ.

އަންގާރަ ދުވަހު އީސީން ''ދިވެހިންގެ އުއްމީދީ ޕާޓީ'' އުފެއްދުމުގެ ހުއްދަ ދޫކޮށްފައިވަނީ މ.ރީފްސައިޑް، މުހައްމަދު ސައީދަށެވެ.

އީސީގެ ގަވާއިދު ބުނާގޮތުންނަމަ އާ ސިޔާސީ ޕާޓީއެއް އުފައްދަން 3،000 މެމްބަރުން ހަމަކުރަންޖެހެއެވެ. މިކަން ކުރުމަށް ތިން މަސް ދުވަހުގެ މުއްދަތެއް ލިބެއެވެ. އަދި ޕާޓީ އުފައްދަން ބާއްވާ ޖަލްސާ ބޭއްވޭނީ އެންމެ މަދުވެގެން 300 މެމްބަރުން ހަމަވެގެންނެވެ.

Advertisement

އީސީން ދިވެހިންގެ އުއްމީދީ ޕާޓީއެއް އުފެއްދުމަށް ހުއްދަދީފައިވާއިރު، މިދިޔަ ނޮވެމްބަރު މަހު ދިވެހި އެންމެންގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް ހުއްދަދީފައިވެއެވެ.

އީސީގެ ދަފްތަރުގައިވާ ގޮތުން 53،441 މެމްބަރުންނާއި އެކު އެންމެ ގިނަ މެމްބަރުން ތިބީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީޕީގައެވެ. ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިބީ އިދިކޮޅު ޕީޕީއެމްގައެވެ. އެއީ 36،706 މެމްބަރުންންނެވެ. ތިންވަނައަށް އެންމެ ގިނަ މެމްބަރުން ތިބި ޕާޓީއަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީ އެވެ. އެއީ 10،363 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް