Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 08:16
ހެލްތު މިނިސްޓަރ އިންޑޮނޭޝިއާގެ ހެލްތު މިނިސްޓަރާއި ބައްދަލު ކުރައްވަނީ
ހެލްތު މިނިސްޓަރ އިންޑޮނޭޝިއާގެ ހެލްތު މިނިސްޓަރާއި ބައްދަލު ކުރައްވަނީ
ހެލްތު މިނިސްޓްރީ
އޯއައިސީ ބައްދަލުވުން
ހެލްތު މިނިސްޓަރ އަމީން އިންޑޮނޭޝިއާގެ ހެލްތު މިނިސްޓަރާއި ބައްދަލު ކުރައްވައިފި
ބައްދަލުވުމުގެ ހަވާސާގައި ހެލްތު މިނިސްޓަރ ވަނީ މެލޭޝިޔާ އާއި ބުރުނާއީ އަދި ފަލަސްތީނުގެ ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވާފައި
މިބައްދަލުވުމުގައި ވަނީ 2021 ވަނަ އަހަރު މިބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމާފައި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) ގެ ހެލްތް މިނިސްޓަރުންގެ 7 ވަނަ ބައްދަލުވުމުގެ ހަވާސާގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރާއި ބައްދަލު ކުރައްވައިފި އެވެ.

Advertisement

ހެލްތު މިނިސްޓްރީން ބުނީ އިންޑޮނޭޝިޔާގެ ހެލްތު މިނިސްޓަރާއި މިނިސްޓަރ އަމީން ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މި ބައްދަލުވުމެއްގެ ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެއެވެ.

މިމަހުގެ 15 ން 17 އަށް އަބޫދާބީގައި ކުރިޔަށް ގެންދިޔަ އޯ.އައި.ސީގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައި ހެލްތު މިނިސްޓަރ ވަނީ މެލޭޝިޔާގެ ހެލްތު މިނިސްޓަރާއި ބުރުނާއީގެ ހެލްތު މިނިސްޓަރާއި ފަލަސްތީނުގެ ހެލްތު މިނިސްޓަރާއި ބައްދަލުކުރައްވާފަ އެވެ.

މީގެތެރެއިން ބުރުނާއީގެ ހެލްތު މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ސިއްހީ ނިޒާމުގެ ކަންކަން އިތުރަށް ޚަރުދަނާ ކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. އެއީ ބުރުނާއީ އާއި ރާއްޖެއަކީ ކުދި ގައުމުތަކަށްވެފައި އެއްގޮތް ކަންތައްތަކެއް ހުރުމުން ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ އެންޓިވެކްސިން ކެމްޕެއިންއާއި ގުޅިގެން މެމްބަރު ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެމްބަރު ޤައުމުތަކުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ހައްލުހޯދުމަށް ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން ހުށަހަޅުއްވާ ދެއްވާފައިވެއެވެ.

މި ބައްދަލުވުމުގެ މަޤްސަދަކީ "ކުއަލިޓީ އޮފް ލައިފް" މި ޝިޢާރުގެ ދަށުން އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ވަޒަންކޮށް، އޯ.އައި.ސީ. ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން ތަންފީޒް ކުރާ މިންވަރު ބެލުންކަމަށާއި މި ކޮންފަރެންސް މެދުވެރިކޮށް އޯ.އައި.ސީ.ގެ މެމްބަރ ޤައުމުތަކުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ފިޔަވަޅުތަކެއް އެޅިގެންދާނެކަމަށް ހެލްތް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޯ.އައި.ސީގެ 6 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބާއްވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ސަޢޫދީ އަރަބިޔާގެ ޖިއްދާގައެވެ. އޯ.އައި.ސީ ގެ ހެލްތް މިނިސްޓަރުންގެ 7 ވަނަ ބައްދަލުވުމުގައި ވަނީ 2021 ވަނަ އަހަރު މިބައްދަލުވުން ދިވެހިރާއްޖޭގައި ބޭއްވުމަށް ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް