Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 00:51
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެ އެމްވީ
އިސްލާމިކް މިނިސްޓްރީ
ހަރުކަށި ފިކުރު ކުރިއަރުވާތީ ތިން ފަރާތަކަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި
ތިން މީހަކަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަގުތީ ގޮތުން ބާތިލްކޮށްފި
ތިން މީހުންނަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ބާތިލްކޮށްފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ދަށުން

ތިން މީހަކަށް ދީފައިވާ ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ބާޠިލުކޮށްފި އެވެ.

Advertisement

އެތިން މީހުންނަކީ:

  1. ޢަބްދުއްރަހީމް މުޙައްމަދު ، މަނަދޫގެ، ނ.ޅޮހި
  2. ޖަޢުފަރު ފާއިޒު، ދެކުނުގެ، ސ.މީދޫ
  3. މުހައްމަދު ހަސަން، ރެޑްސީ، ގދ ތިނަދޫ

އިސްލާމިކް މިނިސްޓްރީން މިކަމާ ގުޅިގެން ނެރެފައިވާ ނޫސްބަޔާން ގައި ބުނެފައިވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދު ކަމަށްވާ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ދަށުން ތިން މީހަކަށް ދީފައިވާ ދީނީ ތަޤުރީރުކުރުމާއި ވަޢުޡު ބުނުމަށް މިނިސްޓްރީން ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފި ކަމަށެވެ.

މިނިސްޓްރީން ބުނީ އަބްދުއްރަހީމް މުހައްމަދާއި ޖައުފަރު ފާއިޒަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ ޢާންމުންގެ މެދުގައި ދީނީ ގޮތުން ބައިބައިވުން އުފެއްދުމާއި އަނިޔާވެރި ލާއިންސާނީ ދަށުދަރަޖައިގެ އަމަލުތަކަށް މަގުފަހިވާ ގޮތަށް ދީނުގެ ނަމުގައި ވާހަކަދެއްކުމާއި އަދި ރާއްޖެއިން ބޭރުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަށް ހިތްވަރުލިބޭނެހެން ވާހަކަދައްކަމުން އަންނާތީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

އަދި މުހައްމަދު ހަސަނަށް ދޫކޮށްފައިވާ ހުއްދަ ހިފަހައްޓާފައިވަނީ އިސްލާމްދީނުގެ ދަންނަ ބޭކަލުންގެ މެދުގައި ޚިލާފު އުފެދިފައިވާ މައްސަލަތަކާއި ބެހޭގޮތުން މުޖުތަމަޢުގައި ބައިވައިވުމާއި ފިތުނަފަސާދައަށް މަގުފަހިވާނޭހެން ވާހަކަ ދައްކަމުންދާތީ ކަމަށެވެ. އަދި ޢިލްމުވެރިންނާމެދު ހަޤީޤަތާއި ޚިލާފު ވާހަކަތައް ފެތުރުމާއި ދަންނަ ބޭކަލުންގެ އިޖުމާޢުން އެނގެން ނެތްކަންކަމުގައި ތިމާ އަމިއްލައަށް ދެކޭގޮތަކީ އިސްލާމުދީނުގައި ހަމައެކަނި އޮތްގޮތް ކަމުގައި ހަދާ އެގޮތަށް ބާރުއަޅައި ވާހަކަ ދެއްކުމާއި އަދި މިމޭރުމުން ސޯޝަލް މީޑިޔާގައި މައުލޫމާތު ފަތުރަމުންދާކަން މިނިސްޓްރީގެ ސަމާލުކަމަށް އައިފައިވާތީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދުގެ ދަށުން ކަމަށެވެ.

ދީނީ ތިން އިލްމުވެރިއެއްގެ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓާފައި މިވަނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ރާއްޖޭގެ ކައުންސިލަރުންނަށް އަމާޒުކޮށް ކުރިޔަށް ގެންދިޔަ ވިއަވަތި މަހާސިންތާގައި ދީފައިވަނިކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
18 ޑިސެންބަރ 2019 | ބުދަ 10:36
ާހުސެން
ދެންކޮ ބާ އިސްލާމްދީނަށް ހިތުހުރިހާގޮތަކަށް ހަޖޫޖަހައި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާމެދު ފިޔަވަޅުއެޅުން. ހިތާމަޔަކީ މިދިވެހިރާއްޖޭގައި އުޅޭ އިސްލާމްދީނަށް ފުރައްސާރާ މީހުންނާމެދު އެއްވެސް ފިޔަވަޅެއްއަޅާފަ ނުވުމެވެ.
18 ޑިސެންބަރ 2019 | ބުދަ 01:24
? އެދުރު ހަސަން
ލަސްވެސް ވެއްޖެ. ދޫދީގެން ބަލަހައްޓައިގެން ތިބީމަ ދީން ބޭނުން ކުރަނީ ކުޅޭ ކުޅޭ ސިޔާސީ ބޯޅަޔަކައް. ހަލާލު ކަންތަކާއި ހަރާމް ކަންތައް ވަނީ އެގި ބަޔާން ވެގެން. ހިތައް އެރިހައި ގޮތަކައް ފަތުވާ ދޭން އިސްލާމް ދީނަކު ނެތް. އިސްލާމް ދީނަކީ ލުއި ފަސޭހަ ދީނެއް.ފަތުވާ ދޭ ބައެއް ޝޭހުން އެމީހުންނަ ކަމުދާބަޔަކު ސުވަރުގެ އައް ފޮނުވަމުން ހިތްނުރުހޭ ބަޔަކު ޖަހައްނަމަ އައް ފޮނުވާ.
18 ޑިސެންބަރ 2019 | ބުދަ 00:14
މިރައީސް
ތިންޓެރަރިސްޓުންއެގެންޖެހޭ.