Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 23:47
\'ބުރަބި\' ޖަލްސާގެ ތެރެއިން
'ބުރަބި' ޖަލްސާގެ ތެރެއިން
މިނިސްޓްރީ އޮފް ޓޫރިޒަމް
ބުރަބި
ރަން ބިސް އަޅާ ކުކުޅުގެ ބަނޑުފަޅާލާ، އޭގެ މޭބިސްކުރަނޑި ނަގާލުމުގެ ވިސްނުމެއް ނެތް: ފޮރިން މިނިސްޓަރ
ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވުމުގައި މިނިސްޓްރީގެ ދާއިރާއިން ވެދެވެން ހުރި ހުރިހާއެއް ވެދެއްވާނެ ކަމަށް ވިދާޅުވި
އަންނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ވެސް އެ ފުރުސަތު ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވި

މި ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ އިޤުތިޞާދުގެ ރަންބިސް އަޅާ ކުކުޅު ކަމަށްވާ "ފަތުރުވެރިކަން" ކުރިއެރުވުން ކަމަށާއި އެ ކުކުޅުގެ ބަނޑުފަޅާލާ، އޭގެ މޭބިސްކުރަނޑިގަނޑު ނަގައެއް ނުލާނެ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

Advertisement

ޓޫރިޒަމް މިނިސްޓްރީއިން ބޭއްވި 'ބުރަބި' ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަމަކީ ދިވެހިންގެ ހިންމަތާއި މިންނަތުން ގެނެސްފައިވާ ދާއިރާއެއް ކަމަށާއި ފަތުރުވެރިކަމަކީ ދިވެހިރާއްޖެގެ އިޤުތިޞާދުގެ ރަންބިސް އަޅާ ކުކުޅު ކަމަށެވެ.

ފަތުރުވެރިކަމަކީ ދިވެހިންގެ ބުރަ މަސައްކަތާއި ދިވެހިންގެ ހިންމަތާއި މިންނަތުން މި ހިސާބަށް ގެނެވިފައި އޮތް އަޅުގަނޑުމެންގެ އިގުތިސާދުގެ ރަން ބިސް އަޅާ ކުކުޅު. މިއަދުގެ ސަރުކާރުގެ ވިސްނުން އޮތީކީ ރަންބިސް އަޅާ ކުކުޅު އަޅާ ބިސްމަދުވެގެން އޭގެ ބަނޑުފަޅާލާ، އޭގެ މޭބިސް ކުރަނޑިގަނޑަށް ދަންދެން ދަމައިގަންނާކަށް ނޫން. މިއަދުގެ ސަރުކާރުގެ މުޅި ވިސްނުންފުޅަކީ ރައްޔިތުންނަށް ފަތުރުވެރިކަމުގައި މަސައްކަތްކުރައްވާ ބޭފުޅުން އެކުރައްވާ މަސައްކަތުގެ އަގު ވަޒަންކޮށް، ކަންކަން ފަސޭހަ ކޮށްދީ އެކަންކަމަށް ލުއިވާނެ މަގުތައް ހޯދައިދީ އެކަމަށް ހިތްވަރުދޭން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދިނުން.

ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވުމުގައި މިނިސްޓްރީގެ ދާއިރާއިން ވެދެވެން ހުރި ހުރިހާ އެހީއެއް ވެދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި ވެސް ބައެއް ޤައުމުތަކަށް ދަތުރު ކުރުމުގައި އިތުރު ލުއި ފަސޭހަތަކެއް ހޯދާދީފައިވާކަން މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަންނަ އަހަރުގެ މާރޗް މަހުގެ 2 ވަނަ ދުވަހުން ފެށިގެން ޝެންގަން ވިސާ ލިބުމުގެ ފުރުޞަތު ހުޅުވިގެންދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ޖަރުމަނު ވިލާތުން ފެށިގެން ދިޔަ ނަމަވެސް މާރޗު މަހުގެ 2 ވަނަ ދުވަސް އަންނަ އިރު ޔޫރަޕުގެ އެހެން ޤައުމުތަކުން އެ މަރުހަލާގައި ބައިވެރިވާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި އަންނަ އަހަރުގެ ތެރޭގައި ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ވެސް އެ ފުރުޞަތު ހުޅުވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިހާރުވެސް ދުނިޔޭގެ 84 ޤައުމަކަށް ކުރިން ވިސާ ނެގުމަކާއި ނުލައި ދިވެހިންނަށް ދަތުރުކުރެވެއެވެ. މި އަހަރު އެކަނިވެސް، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ރަޝިޔާ، މޮރޮކޯ އަދި ތައިލެންޑަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ވިސާ ވެއިވަރ އެގްރިމެންޓްތައް ހެދި، އިންޑިއާ އަދި ސްރީލަންކާއިން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ވަނީ ހޯދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް