Advertisement
ކ. މާލެ
|
18 ޑިސެންބަރ 2019 | ބުދަ 00:07
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު
ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު
މިނިސްޓްރީ އޮފް ޓޫރިޒަމް
ޓޫރިޒަމް މިނިސްޓްރީ
ފަތުރުވެރިކަމަށް އަލަށް ދޫކުރާ 28 ރަށަކާއި ބިންތައް އިއުލާނުކޮށްފި
ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތްކުރި
ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަމަށް މިނިސްޓަރ ވިދާޅުވި
އަލަށް ދޫކުރާ ރަށްތައް ކަނޑައަޅާފައިވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ބެލުމަށްފަހު

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދު އިޢުލާނު ކުރައްވައިފިއެވެ.

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް އިޢުލާނު ކުރުމަށް "ބުރަބި" ނަމުގައި ޓޫރިޒަމް މިނިސްޓްރީން އަންގާރަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓޫރިޒަމަށް އަލަށް ދޫކުރާ ރަށްތައް ކަނޑައަޅާފައިވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ބެލުމަށްފަހުގައި ކަމަށާއި، ކަމާގުޅޭ ފަރާތްތަކުގެ ލަފައާއި މަޝްވަރާވެސް ހޯދުމަށްފަހު ކަމަށެވެ.

Advertisement

އެގޮތުން ރައްޔިތުންގެ މަޖިލިސް މެމްބަރުންނާއި، ރަށު ކައުންސިލްތަކުގެ އިތުރުން ކަމާގުޅޭ މިނިސްޓްރީތަކުގެ ޚިޔާލުވެސް ހޯއްދަވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ބިންތައް:

  1. އައްޑޫސިޓީން (16.67 ހެކްޓަރު، 4200 ވަޒީފާ)
  2. ފުވައްމުލަކު ސިޓީން (2.07 ހެކްޓަރު، 432 ވަޒީފާ)
  3. ގދ ވާދޫއިން (0.5 ހެކްޓަރު)
  4. ލ ގަމުން (19.86 ހެކްޓަރު)
  5. ހދ ނޮޅިވަރަންފަރުން (0.5 ހެކްޓަރު)
  6. ހއ ކެލާއިން (8.5 ހެކްޓަރު)
  7. ހއ އުލިގަމުން (23.25 ހެކްޓަރު)

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް:

  1. ހއ މާފިިނޮޅު (14 ހެކްޓަރ، 425 އެނދު، 637 ވަޒީފާ)
  2. ހއ ދައްޕަރު (60ހެކްޓަރ، 1000 އެނދު، 2000 ވަޒީފާ)
  3. ހއ މެދަފުށި (10.90 ހެކްޓަރ، 317 އެނދު، 400 ވަޒީފާ)
  4. ހއ އަލިދުއްފަރު ފިނޮޅު (3 ހެކްޓަރ، 233 އެނދު، 349 ވަޒީފާ)
  5. ހދ ހޮނޑައިދޫ (19.10 ހެކްޓަރ، 500 އެނދު، 800 ވަޒީފާ)
  6. ހދ ކުޑަފަރުފަސްގަނޑު (1.20 ހެކްޓަރ، 233 އެނދު، 349 ވަޒީފާ)
  7. ހދ ވައިކަރަމުރައިދޫ (15 ހެކްޓަރ، 436 އެނދު، 600 ވަޒީފާ)
  8. ށ ނަލަންދޫ (60 ހެކްޓަރ، 1700 އެނދު، 2000 ވަޒީފާ)
  9. ށ ކުޑަޅައިމެންދޫ (14.70 ހެކްޓަރ، 400 އެނދު، 600 ވަޒީފާ)
  10. ށ ފުށިފަރު (5.20 ހެކްޓަރ، 233 އެނދު، 349 ވަޒީފާ)
  11. ނ ކުންނަމަލައި (8.60 ހެކްޓަރ، 250 އެނދު، 300 ވަޒީފާ)
  12. ރ އަލިފުށި ފަޅުން ބިން ހިއްކައިގެން 10 ހެކްޓަރުގެ ރަށެއް ތަރައްޤީކުރުން (200 އެނދު، 400 ވަޒީފާ)
  13. މ ސީދީހުރާ (ސީދީހުރާ ވެލިގަނޑާއެކު) (4.28 ހެކްޓަރ، 200 އެނދު، 300 ވަޒީފާ)
  14. މ ބޯހުރާ (1.80 ހެކްޓަރ، 200 އެނދު، 300 ވަޒީފާ)
  15. ފ އެނބުލުފުށި (1 ހެކްޓަރ، 200 އެނދު، 300 ވަޒީފާ)
  16. ފ ޖިންނަތުގައު (0.89 ހެކްޓަރ، 200 އެނދު، 300 ވަޒީފާ)
  17. ތ ކާއްޑޫ (3.90 ހެކްޓަރ، 200 އެނދު، 300 ވަޒީފާ)
  18. ތ ކަނިމީދޫ (10 ހެކްޓަރ، 200 އެނދު، 400 ވަޒީފާ)
  19. ތ އޮޅުފުށިފިނޮޅު (3.54 ހެކްޓަރ، 200 އެނދު، 300 ވަޒީފާ)
  20. ލ ކަށިދޫ (3.10 ހެކްޓަރ، 233 އެނދު، 349 ވަޒީފާ)
  21. ލ ބޮޑުމުންޏަފުށި (3 ހެކްޓަރ، 233 އެނދު، 349 ވަޒީފާ)
  22. ލ ދޮންބެރަހާ (ހޮޅުރަހާއާއިއެކު 3 ހެކްޓަރ، 233 އެނދު، 349 ވަޒީފާ)
  23. ގއ މާރެހާ (17 ހެކްޓަރ، 494 އެނދު، 742 ވަޒީފާ)
  24. ގއ ފުނަދޫވިލިނގިއްލާ (5 ހެކްޓަރ، 145 އެނދު، 218 ވަޒީފާ)
  25. ގދ ކަނޑަހަލަގަލާ (7.40 ހެކްޓަރ، 215 އެނދު، 323 ވަޒީފާ)
  26. ގދ ފެރޭތަވިލިގިއްލާ (7 ހެކްޓަރ، 233 އެނދު، 349 ވަޒީފާ)
  27. ގދ ކަޑަވާރެހާ (ދިގުރެހާއާއެކު 6.4 ހެކްޓަރ، 200 އެނދު، 300 ވަޒީފާ)
  28. ސ ހަންކެޑެ (7.10 ހެކްޓަރ، 207 އެނދު، 309 ވަޒީފާ)

މި ރަށްތައް ތަރައްޤީ ކުރާނީ ޖަޒީރާވަންތަ ސިފަ ނުގެއްލޭ ގޮތަށް ކަމަށާއި، މި ރަށްތައް ތަރައްޤީ ކުރުމުން މި ރަށްތަކާއި ބިންތަކާއެކު 13،720 އެނދާއި، 18،772 ވަޒީފާ އިތުރުވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ޒިޔާރަތް ކޮށްފައިވާ ކަމަށާއި، އައު ސަރުކާރަށް 1 އަހަރުވީއިރު ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
18 ޑިސެންބަރ 2019 | ބުދަ 08:42
އިކުރާމް
މަނިކުފާނަކީ ފަތުރުވެރިކަން ބޮއިކަޓުކުރުމަށް ބޭރު ގައުމުތަކުގައި އެންމެ ހަރު އަދުންގޮވަމުންދިޔަ ބޭފުޅާ . މިޔަދު ފަތުރުވެރިކަމޭކިޔާއިރު ތިޔަބޭފުޅާގެ ހަޔާތްކޮބާތޯ... ވަތިރުވެރިކަމޭ ކިޔާއިެު ތިޔަ ބޭފުޅާތީ ތިޔަދާއިރާއިން ކޮންއެއްޗެއްއެގިގެންއުޅޭބޭފުލެއްތޯ އަމިއްލަ ނަފްސާ ސުވާލުކޮށްލުމް މުހިންމު... ވަތުރުވެރިކަން ތަރައްގީކުރައްވާބޭނުންފުޅުނަމަ ކިކަހަލަގެ މަރުމޯލުނ
18 ޑިސެންބަރ 2019 | ބުދަ 03:26
ސީދާ
ހަޤީޤަތުގައި ވަރަށް އިންސާފުވެރި ބެއްސެވުމެއް ! ރަޢީސް ޞާލިޙް އަށް އަދި މިނިސްޓަރ ޢަލީ ވަޙިދަށް ވަރަށް ބޮޑަށް ޝުކްރިއްޔާ ! ތިޔަ ތަންތާގައި ހަޤީޤީ ކުލަ ވަރަށް އަވަހަށް ޖައްސަވައި ދެއްވާނެ ކަމަށް އުއްމީދު ކުރަން !