Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 22:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މ
ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާއި ދެކޮޅު މާއްދާ ރާއްޖެއިން ބަލައިގަނެފި
އެ ކޮމިޓީ އަށް ހުށަހޭޅޭ ޝަކުވާއެއްގެ މައްޗަށް ބައިނަލްއަގްވާމީ ތަހުގީގެއް އެއްވެސް އިރެއްގައި ހިންގިފައިވާނަމަ ބަލައި ނުގަންނާނެ
އެ ޝަކުވާ ބަލައިގަންނާނީ އެ ޝަކުވާއަކީ ގައުމީ ފެންވަރުގައި ހައްލު ނުކުރެވޭ ކަހަލަ ޝަކުވާއަކަށް ވާނަމަ
އަނިޔާ މަނާކުރާ އދ ގެ މުއާހަދާ ރާއްޖެއިން ތަޞްދީޤުކުރީ 2004 ވަނަ އަހަރު

އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާ ދިވެހިރާއްޖެއިން ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވާ، އެކަން އިޢުލާނު ކުރައްވައިފިއެވެ.

މި މާއްދާގެ ހ. ބުނާގޮތުން އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ ދަށުން ހުށައެޅޭ ޝަކުވާ ބަލައިގަނެވޭނީ އެ މައްސަލަ ރައްދުވާ ޤައުމަކީ ކޮންވެންޝަންގެ ބާވީސް ވަނަ މާއްދާ ބަލައިގަނެ އެކަން އިޢުލާނު ކޮށްފައިވާ ޤައުމަކަށްވެފައި، އެ މައްސަލަ ހުށަހަޅާ ފަރާތަކީ މައްސަލަ ރައްދުވާ ޤައުމެއްގެ އިޙްތިޞާސް ހިނގާ ސަރަޙައްދުގައި ހުރި ފަރާތަކަށްވާނަމައެވެ.

22 މާއްދާގެ (ށ)ގައި ވާގޮތުން މައްސަލަ ހުށަހަޅާ ފަރާތުގެ މައުލޫމާތު ސިއްރުކުރެވިގެން ހުށަހެޅޭ ޝަކުވާތަކާއި މި މުއާހަދާއާއި ބަޔާން ކުރެވިފައިނުވާ ކަމަކާއި ގުޅޭ ޝަކުވާތައް ބަލައި ނުގަނެވޭނެ ކަމަށް ވެއެވެ. މީގެއިތުރުން މި މާއްދާގެ (ނ)ގައި ވާގޮތުން އެހުށަހެޅޭ ޝަކުވާތަކުގެ މައުލޫމާތު އެ ގައުމެއްގެ ސަރުކާރާއި ހިއްސާ ކުރެވޭނެ ކަމަށާއި އެ މައްސަލައާއި ގުޅިގެން ޖަވާބުދާރީވުމަށް އެގައުމަކަށް 6 މަސްދުވަސް ލިބޭނެ ކަމަށް ވެއެވެ.

އދ. ގެ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ 22 ވަނަ މާއްދާގެ (ބ) ގައި ވާގޮތުން އެ ކޮމިޓީ އަށް ހުށަހޭޅޭ ޝަކުވާއެއްގެ މައްޗަށް ބައިނަލްއަގުވާމީ ތަހުގީގެއް އެއްވެސް އިރެއްގައި ހިންގިފައިވާނަމަ ނުވަތަ ކުރަމުންދާނަމަ އެ ކޮމެޓީން އެ މައްސަލައެއް ބަލައެއް ނުގަންނާނެއެވެ. އަދި އެ ޝަކުވާ ބަލައިގަންނާނީ އެ ޝަކުވާއަކީ ގައުމީ ފެންވަރުގައި ހައްލު ނުކުރެވޭ ކަހަލަ ޝަކުވާއަކަށް ވާނަމައެވެ.

Advertisement

އެގޮތުން އަންގާރަ ދުވަހު ރައީސް ސޮއިކުރެއްވި މި ޑެކްލެރޭޝަންގެ ދަށުން، ރާއްޖޭގެ އިޙްތިސާސް ހިނގާ ސަރަހައްދުގައި އުޅޭ ފަރާތްތަކުން، އެފަރާތްތަކަށް ލިބޭ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާއި އަދަބުތަކާ ގުޅޭ ގޮތުން ކޮމިޓީއަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ކޮމިޓީއަށް ލިބިގެންދާނެއެވެ.

މި ޑެކްލެރޭޝަން ހުށަހެޅުމަކީ، ކޮމިޓީ އެގެއިންސްޓް ޓޯޗަރއިން ރާއްޖެއިން ހުށަހެޅި އިނީޝަލް ރިޕޯޓު 2018 ނޮވެންބަރު މަހުގައި މުރާޖަޢާ ކުރުމަށްފަހު ހުށަހެޅުއްވި ކޮންކްލޫޑިންގ އޮބްޒަރވޭޝަންސްގައި ހިމެނޭ ރެކޮމެންޑޭޝަންއެކެވެ.

ދިވެހި ރާއްޖެއިން އދ ގެ "ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ:ކްރުއެލް އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަން އޯރ ޕަނިޝްމެންޓް" ނުވަތަ ކެޓް ތަޞްދީޤުކުރީ 2004 ވަނަ އަހަރުގެ އެޕްރީލް މަހުގެ ވިހި ވަނަ ދުވަހުއެވެ. އަދި އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވީ 2005 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ.

އަދި "އެންޓި ޓޯޗަރ އެކްޓް" ނުވަތަ އަނިޔާ މަނާ ކުރުމުގެ ޤާނޫނު ރާއްޖޭގައި ވުޖޫދު ކުރެވުނީ 2013 ވަނަ އަހަރުގެ ޑިސެންބަރުމަހުގެ 23 ވަނަ ދުވަހުއެވެ. އެ ޤާނޫނަށް ޢަމަލު ކުރަމުން އަންނަތާ 7 އަހަރުވީ އިރު، މިހާތަނަށް އެ ޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް