Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 18:31
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް، އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރީން ސިންގ
މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް، އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރީން ސިންގ
ރައީސް އޮފީސް
އައިއެލްއޯ
އަންނަ އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ކަނޑައަޅާނެ: ފައްޔާޒު
މައިގަނޑު މަސައްކަތަށް ވެގެންދާނީ ރާއްޖޭގައި 'ޑީސެންޓް ވާރކް' ގާއިމުކޮށް ކުރިއެރުވުން ކަމަށް ވިދާޅުވި

އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމް ވޭޖު ކަނޑައެޅިގެން ދާނެ ކަމަށާއި މާގިނަ ދުވަސް ތަކެއް ނުވެ މިނިމަމް ވޭޖު ކަނޑައެޅިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި އިންޓަރނޭޝަނަލް ލޭބަރ އޯރަގަނައިޒޭޝަން (އައިއެލްއޯ) އަށް 100 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އައިއެލްއޯއާއި ސެލެރީޒް އެންޑް ވޭޖެސް ބޯޑުގެ ލަފާގެ މަތިން ވަޒީފާ އަދާ ކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރި ކުރެވޭނެހެން، ޤަބޫލު ކުރެވޭ މިންގަނޑެއްގައި މިނިމަމް ވޭޖް ކަނޑައެޅިގެން ދާނެ ކަމަށެވެ. މިނިމަމް ވޭޖާއި ގުޅިގެން އެކުލަވާލެވުނު ދިރާސާ ރިޕޯޓުތައް، ކެބިނެޓުގެ ލަފަޔާއި އެކު ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެެވެ.

އެގޮތުން މިނިމަމް ވޭޖް ކަނޑައެޅިގެންދާއިރުގައި ދިވެހިރާއްޖޭގެ އިޤުތިޞާދަށް ކޮންމެވެސް ކަހަލަ ލޮޅުންތަކެއް އަރާނެ ކަމަށާއި އެހެން ނަމަވެސް ވޭތުވެ ދިޔަ އަހަރުތަކުގައި އެކަންތައް ކުރެވިފައި ނެތުމުން އެ މަސައްކަތް ކުރަންޖެހިފައިވަނީ ވަރަށް ކުރުމުއްދަތެއްގައި ކަމަށެވެ.

Advertisement

މިނިސްޓަރ ވިދާޅުވީ ޤާނޫނުގައި އޮތް ގޮތުން، މިހާރު ވެސް ވަގުތުން ވަގުތައް ވެސް ކަނޑައެޅިދާނެ ކަމަށާއި އެހެން ނަމަވެސް މިނިމަމް ވޭޖު ކަނޑައެޅުމުން މުޅި އިޤުތިޞާދަށާއި އިޖްތިމާޢީ ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ރައްޔިތުންގެ ބަހެއް ހޯދާފައި މެނުވީ ނިންމުމެއް ނުނިންމާނެ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި މިނިމަމްވޭޖު ކަނޑައެޅިގެން ދާނެ ކަމަށާއި މާގިނަ ދުވަސްތަކެއް ނުވެ މިނިމަމްވޭޖު ކަނޑައެޅިގެންދާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިނިމަމް ވޭޖު ރާއްޖޭގައި ކަނޑައެޅިގެން ދިއުމަށް ފަހު މައިގަނޑު މަސައްކަތަށް ވެގެންދާނީ ރާއްޖޭގައި 'ޑީސެންޓް ވާރކް' ޤާއިމުކޮށް ކުރިއެރުވުން ކަމަށެވެ. އެގޮތުން މިނިސްޓަރ ޤަސްދުކުރައްވަނީ މިހާރު އެކުލަވާލާގފައިވާ ސެލެރީޒް އެންޑް ވޭޖެސް ގެ ބޯޑުގެ މެންޑޭޓު ރާއްޖޭގައި ޑީސެންޓް ވަރކް ޕްރޮމޯޓް ކޮށް، މިނިމަމްވޭޖު ކަނޑައެޅުމުގެ ސަބަބުން އިޤުތިޞާދަށް އަންނާނެ ބަދަލުތައް ދިރާސާ ކުރެވޭނެ ގޮތަށް ރައީސް ޞާލިޙުގެ އިޒުނައާއި އެކު ބަދަލު ކުރުން ކަމަށެވެ. މިއީ ކުރިއަށް އޮތް ތާގައި ވަރަށް މުހިއްމު މަސައްކަތެއްކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
18 ޑިސެންބަރ 2019 | ބުދަ 18:08
ރާއްޖެމީހާ
އިން ކަމް ޓެކްސް އޭ ބޭސިކް ވޭޖް ކިޔާލަ ކިޔާލާ 1 އަހަރު . އަހަރެމެން ހެދިފަ
18 ޑިސެންބަރ 2019 | ބުދަ 00:31
ރައްޔިތުމީހާ
"ފޭރާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެތީ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ރައްޔިތުންގެ ބަހެއް ހޯދާފައި މެނުވީ ނިންމުމެއް ނުނިންމާނެ ކަމަށެވެ." މީގަ އިން "ރައްޔިތުންގެ ބަހެއް" ގެ ބަދަލުގައި "ޕާޓީގެ ބަހެއް" މިގޮތައް އިސްލާހުކުރަން ފެނޭ.. މަޖިލީހުގައި ތި ބީ ރައްޔިތުން ހޮވާފަ ތި ބި ޕާޓީގެ ބަސް އަހާ މެން ބަރުން.