Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 18:15
ކޮންފަރެންސްގެ ތެރެއިން
ކޮންފަރެންސްގެ ތެރެއިން
ރާއްޖެއެމްވީ
މަތީ ތައުލީމް
މަތީ ތައުލީމަށް ކެރެލާގައި ހުރި ފުރުސަތުތަކާ ގުޅޭގޮތުން ކޮންފަރެންސެއް ބާއްވައިފި
ޔުނިވާސިޓީތަކުގެ ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިން
ރާއްޖެއިން ހަތަރު ދަރިވަރަކަށް ކިއެވުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި
ފަސޭހައިން ތައުލީމް ހާސިލްކުރެވޭނެ އިންތިޒާމް ހަމަޖައްސާފައި

އިންޑިއާގެ ކެރަލާ ސްޓޭޓްގެ ކޮލެޖް ޔުނިވަރސިޓީތަކުގައި ދިވެހިންނަށް މަތީ ތަޢުލީމު ޙާޞިލުކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ކޮންފަރެންސެއް ބާއްވައިފި އެވެ.

އަންގާރަ ދުވަހު ހޮޓެލް ޖެންގައި ކުރިއަށް ދިޔަ ކޮންފަރެންސަކީ ރާއްޖޭގެ އެޑިޔުކޭޝަން މިނިސްޓްރީއާ، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަދި އިންޑިއާ އެމްބަސީ އާއި ކެރެލާ ސަރުކާރުން ގުޅިގެން ކުރިއަށް ގެންދިޔަ ކޮންފަރެންސެކެވެ.

މިކޮންފަރެންސްގައި ކެރެލާއިން މަތީ ތަޢުލީމު ޙާޞިލުކުރަން ބޭނުންވާ ދަރިވަރުންނަށް ޔުނިވަރސިޓީތަކާއި ޕްރޮގުރާމުތަކުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މާލެއިން މަތީ ޘާނަވީ ތަޢުލީމު ފޯރުކޮށްދޭ ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން އަދި ދަރިވަރުން ބައިވެރިވެ، ކެރަލާ ކޮލެޖު ޔުނިވަރސިޓީތަކުން ލިބޭ ފުރުޞަތުތަކާ ބެހޭ ގޮތުން ދަރިވަރުންނާއި، ޓީޗަރުން ކުރި ސުވާލުތަކަށް ކެރެލާ ސްޓޭޓްގެ ހަޔަރ އެޑިއުކޭޝަނުން ޖަވާބުދިނެވެ.

އެކޮންފަރެންސްގައި ކެރެލާ ސްޓޭޓްގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކޭ ޓީ ޖަލީލު ވިދާޅުވީ ކެރެލާގެ ކޮލެޖު ޔުނިވަރސިޓީތަކުން ދިވެހިންނަށް ފަހި ފުރުޞަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި، އެއީ ކިޔަވަން ދިއުމަށް އެންމެ ރަނގަޅު އަދި ރައްކާތެރި އެއް ސްޓޭޓް ކަމަށެވެ. އަދި އެ ތަންތަނުގައި ދިވެހި ދަރިވަރުންނަށް ފަސޭހައިން ތަޢުލީމު ޙާޞިލުކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ޖަލީލު ވިދާޅުވީ ރާއްޖެއިން ހަތަރު ދަރިވަރަކަށް ކެރެލާއިން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު މިހާރު ފަހިކޮށްދީފައިވާ ކަމަށެވެ. ތަޢުލީމް ފޯރުކޯށްދޭ ތަންތަނަކީ އަގުހެޔޮކޮށް ކޯސްތައް ކުރިއަށްގެންދާ ތަންތަންކަމަށާއި އެތަންތަނުން ފެންވަރު ރަނގަޅު ކޯސްތައް ކުރިއަށްގެންދާކަން ޖަލީލު ފާހަގަކުރެއްވިއެވެ.

ދެޤައުމުގެ ގުޅުމަށް އަލިއަޅުއްވާލައްވާ ޖަލީލު ވިދާޅުވީ ތަޢުލީމީ ގޮތުން ދެޤައުމުގެ މެދުގައި ބަދަލުކުރެވޭ ކަންތައްތަކުން ގުޅުން އިތުރަށް ހަރުދަނާވެ، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިންޑިއާގެ އައިޓެކް ޕރޮގުރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދެއެވެ. އަދި ކޮލެޖް ޔުނިވަސިޓީތަކުން ތަކުން މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދެމުން އަންނަ ޤައުމެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް