Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 16:49
އައިއެލްއޯއަށް ޤަރުނެއް ވުމާއި ގުޅިގެން ހަދާފައިވާ ޚާއްސަ ސިއްކަ ރައީސް ސޯލިޙު ހަވާލުކުރައްވަނީ
އައިއެލްއޯއަށް ޤަރުނެއް ވުމާއި ގުޅިގެން ހަދާފައިވާ ޚާއްސަ ސިއްކަ ރައީސް ސޯލިޙު ހަވާލުކުރައްވަނީ
ރާއްޖެއެމްވީ
އައިއެލްއޯއަށް 100 އަހަރު ފުރުން
އައިއެލްއޯއަށް 100 އަހަރު ފުރުން ފާހަގަކޮށްފި
އައިއެލްއޯއަށް 100 އަހަރު ފުރުމުގެ ރަސްމިއްޔާތު ރައީސް ޝަރަފުވެރި ކޮށްދެއްވި
އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރވެސް ވާހަކަފުޅު ދެއްކެވި
ރާއްޖެއަކީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އައިއެލްއޯގެ އެންމެ ހަގު މެމްބަރު

އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައިއެލްއޯ) އަށް 100 އަހަރު ފުރުން ފާހަގަކޮށްފިއެވެ.

އައިއެލްއޯ އަށް 100 އަހަރު ފުރުން ފާހަގަ ކުރުމަށް ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙުއެވެ. އެގޮތުން އައިއެލްއޯއަށް ޤަރުނެއް ވުމާއި ގުޅިގެން ހަދާފައިވާ ޚާއްސަ ސިއްކައެއް ރައީސް ސޯލިޙު ވަނީ އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރީން ސިންގ އަތްޕުޅަށް އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ސިމްރީން ވިދާޅުވީ، ރާއްޖެއަކީ އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އައިއެލްއޯގެ އެންމެ ހަގު މެމްބަރު ކަމަށާއި، ނަމަވެސް ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން އެކި ދާއިރާތަކުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއެކު ގާތް ގުޅުމެއް ބާއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ޢެގޮތުން މިނިމަމް ވޭޖް ކަނޑައެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ކުރާ މަސައްކަތްތަކުގައި އެހީތެރިކަން ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓްރީއާއި އައިއެލްއޯއާއި ދެމެދު ވަނީ އެމްއޯޔޫ ސޮއިކޮށްފައެވެ. އެގޮތުން މިނިސްޓްރީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްއެވެ. އަދި އައިއެލްއޯގެ ފަރާތުން ސޮއިކުރެއްވީ އައިއެލްއޯގެ ކަންޓްރީ ޑިރެކްޓަރ މިސް ސިމްރީން ސިންގއެވެ. މި އެމްއޯޔޫގެ އެހީގައި ރާއްޖޭގައި މަސައްކަތްތެރި ކަމުގެ ޙައްޤުތައް ރައްކާތެރި ކުރުމާއި ގުޅޭގޮތުން މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އައިއެލްއޯއަށް ޤަރުނެއްވުން ފާހަގަ ކޮށްފައިވާއިރު، ދިވެހިރާއްޖެ އައިއެލްއޯއާއި ގުޅުނުތާ 10 އަހަރު ވަނީ ފުރިފައެވެ. އެގޮތުން ރާއްޖެ އައިއެލްއޯގެ މެމްބަރަކަށް ވެފައިވަނީ 2009 ވަނަ އަހަރުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް