Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 15:48
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން
ގޫގުލް
ސުޕްރީމް ކޯޓު
ސުޕްރީމްކޯޓަށް އަޙްމަދު ފާއިޒް އައްޔަނު ކުރުމަށް ޖޭއެސްސީގެ ލަފާއަކަށް އެދި ރައީސް ފޮނުވައިފި
ޖޭއެސްސީގެ މަޝްވަރާއަށް އެދި ފޮނުވާފައިވަނީ ބުދަ ދުވަހު
ކުރީގެ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު ފަނޑިޔާރުކަމުން ވަނީ ވަކިކޮށްފައި
ފާއިޒަކީ ކުރީގެ އުއްތަމަ ފަނޑިޔާރު

ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރުމާއި ގުޅޭގޮތުން ލަފައަކަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނަން ފޮނުއްވައިފިއެވެ.

ބުދަ ދުވަހު ރައީސް ސޯލިހު ޖޭއެސްސީއަށް ފޮނުއްވާފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙުމަދު ފާއިޒު ހުސައިންގެ ނަންފުޅެވެ.

Advertisement

އެކަމާ ގުޅޭގޮތުން ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީގެ ދަށުން ސުޕްރީމް ކޯޓުގެ ފަޑިޔާރުކަމަށް ހދ. ވައިކަރަދޫ ވައިޖެހޭގެ އަލްއުސްތާޛް އަޙްމަދު ފާއިޒް ޢައްޔަންކުރުމާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަޝްވަރާއަށް ބުދަ ދުވަހު ފޮނުއްވާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމު ހުސްވެފައިވަނީ މިހިނގާ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެގޮތުން ސުޕްރީމް ކޯޓަށް ފަނޑިޔާރަކު އައްޔަނު ކުރެއްވުމަށް ނަން ފޮނުވާފައި މިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި 64 މެމްބަރުންގެ އަޣްލަބިއްޔަތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު ފަނޑިޔާރުކަމުން ވަކިކުރުމަށް ފާސްކުރުމާ ގުޅިގެންނެވެ.

ފަނޑިޔާރު ޣަނީ މަޤާމުން ވަކި ކުރަން ނިންމައި ޖޭއެސްސީން ވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުން ޣަނީ ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާއިރު ޖޭއެސްސީން ވަނީ ފަނޑިޔާރު ޣަނީގެ ސުލޫކީ ތިން މައްސަލަ އެއްވެސް ބަލާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
18 ޑިސެންބަރ 2019 | ބުދަ 08:18
ވާވާ
ބަގާވަތް ކުރިއިރު ސްޕްރީމް ކޯޓްގެ އެތެރޭއިން ކުޅުނު ހުރިހާ މެޗަކަށް ވަނީ އަރާފައި. އަދި އެހެން މައްސަލަތައް އަމިއްލައަކަށް ބެލިއިރު އެމައްސަލަ ބަލާކަށް ނުކެރުއެވެ. އެހެންކަމުން އަލުން ސްޕްރީމް ކޯޓަށް ވައްދާކަށް ނުފެނޭ.