Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 16:57
އިލެކްޝަންސް ކޮމިޝަނުން މާލެ އަދި އައްޑޫ ސިޓީގެ މަޖިލިސް މެންބަރުނާއި ބައްދަލުކުރެއްވުން
އިލެކްޝަންސް ކޮމިޝަނުން މާލެ އަދި އައްޑޫ ސިޓީގެ މަޖިލިސް މެންބަރުނާއި ބައްދަލުކުރެއްވުން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކަމިޝަން
ކައުންސިލް އިންޚާބާއި ގުޅޭ ގޮތުން މާލޭ އަދި އައްޑޫ ސިޓީގެ މަޖިލިސް މެންބަރުންނާއި އީސީން މަޝްވަރާކޮށްފި
ސިޓީތަކަށް އިންތިހާބުކުރާ ޖުމްލަ ކައުންސިލަރުންގެ އަދަދަކީ 39
ސިޓީ ކައުންސިލް މޭޔަރުންގެ އަދަދަކީ 3
އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަކީ 929

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި ގުޅޭ ގޮތުން މާލެ ސިޓީއާއި އައްޑޫ ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއެކު އިލެކްޝަންސް ކޮމިޝަނުން މަޝްވަރާކޮށްފި އެވެ.

ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އަޙްމަދު އަކްރަމް ވިދާޅުވީ އަންގާރަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބަށް ދާއިރާތައް ބައިކުރުމާއި ގުޅޭގޮތުން މެންބަރުންނާއި އެކު މަޝްވަރާކޮށްފައިވާ ކަމަށެވެ.

Advertisement

އަކްރަމް ވިދާޅުވީ މެންބަރުންގެ އިރުޝާދާއެކު ދާއިރާތައް ބަހާނެ ގޮތް ނިންމާ އެކަން ބުދަ ދުވަހު އިޢުލާން ކުރައްވާނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލްތަކަށް އިންތިޚާބު ކުރެވޭ އަންހެނުންގެ ޢަދަދަކީ 384 އެވެ.

ރަށު ކައުންސިލްތަކަށް އިންތިޚާބުކުރާ ޖުމުލަ ކައުންސިލަރުންގެ ޢަދަދަކީ 923 އެވެ. އެއީ ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ 372 ކައުންސިލަރުންނާއި، އަންހެން، ފިރިހެން ހިމެނޭގޮތަށް އިންތިޚާބުކުރެވޭ 372 ކައުންސިލަރުންނެވެ. އަދި ރަށު ކައުންސިލްތަކުގެ ރައީސުންނަށް އިންތިޚާބުކުރެވޭ 179 ކައުންސިލަރުންނެވެ.

އަތޮޅު ކައުންސިލަރުންގެ އަދަދަކީ 18 އެވެ. ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ހިމެނޭ ގޮތަށް ޖުމްލަ 197 ކައުންސިލަރުން އަތޮޅު ކައުންސިލްގައި ތިއްބަވާނެ އެވެ.

ސިޓީތަކަށް އިންތިޚާބުކުރާ ޖުމުލަ ކައުންސިލަރުންގެ ޢަދަދަކީ 39 އެވެ. އެއީ ސިޓީ ކައުންސިލަށް އިންތިޚާބުކުރެވޭ 12 ކައުންސިލަރުންނާއި، އަންހެން، ފިރިހެން ހިމެނޭގޮތަށް އިންތިހާބުކުރެވޭ 24 ކައުންސިލަރުންނެވެ. ސިޓީ ކައުންސިލް މޭޔަރުންގެ އަދަދަކީ 3 އެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2020 އަށް ޖުމްލަ އިންތިޚާބުކުރަންޖެހޭ އަދަދަކީ 980 އެވެ.

މީގެއިތުރުން ރަށް ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދަކީ 895 އެވެ. ސިޓީތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ މެންބަރުންގެ އަދަދކީ 34 އެވެ.

ޖުމްލަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ މެންބަރުންގެ އަދަދަކީ 929 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް