Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 15:35
70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިސް ތިން މީހުން
70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އިސް ތިން މީހުން
ޕޮލިސް
70 ކިލޯގެ މަސްތުވާތަކެތި
70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ އަންވަރު ފިޔަވާ ދެންތިބި ދިވެހިން ދޫކޮށްލައިފި
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބޯޓު ހިފަހައްޓާފައިވަނީ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހު

މިދިޔަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު ރާއްޖެ ޞަރަޙައްދުން އަތުލައިގެން 70 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ޙަރަކާތްތެރިވެފައިވާ އަންވަރު ފިޔަވާ ދެން ތިބި ދިވެހިން ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ މިމައްސަލައިގައި ހައްޔަރު ކުރި ސ. ހިތަދޫ، ކޯޒީ ކޯނަރ 35 އަހަރުގެ އަލީ އަންވަރު މުޙައްމަދާއި އިރާންގެ މީހުންގެ ޝަރީޢަތް ނިމެންދެން ބަނދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން މުއްދަތު ދޫކޮށްފައިވާ ކަމަށެވެ. އަންވަރާއެކު މިކަމުގައި އިސްކޮށް ޙަރަކާތްތެރިވެފައިވަނީ ކ. ދިއްފުށި، މާތިލަ 42 އަހަރުގެ އަހުމަދު ޝަކީބާއި، ލ. ގަން، ތުނޑި އަވަށް، މިލާނޯ 23 އަހަރުގެ މުޙައްމަދު ރިޝްފާނެވެ.

އިންޑިއާ ކޯސްޓުގާޑުން އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު އެމްއެންޑީއެފާ ހިއްސާކުރި މަޢުލޫމާތުގެ އެހީގައި އެމްއެންޑީއެފާއި ފުލުހުން ކުރިޔަށްގެންދިޔަ އޮޕަރޭޝަނެއްގައި، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ބޯޓު ހިފަހައްޓާފައިވަނީ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުއެވެ. ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހއ. ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްދިޞާދީ ކަނޑުގެ ޞަރަޙައްދުގައި ޙަރަކާތްތެރިވަނިކޮށެވެ.

Advertisement

މިއޮޕަރޭޝަނުގައި ބޭރު އުޅަނދުގެ އިތުރުން ރާއްޖޭގެ މަސްވެރި އުޅަނދެއްކަމުގައިވާ "ހެދޭކުރި -7" ނަމަކަށް ކިޔާ ދޯންޏެއްވެސް އެ ޞަރަޙައްދުން ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވެއެވެ. މި މައްސަލައިގައި ހިމެނޭ ހެދޭކުރި -7 ދޯނިން ވެސް 4 މީހަކު ހައްޔަރުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ކ. ދިއްފުށީ، އިރުމަރީގެ 39 އަހަރުގެ އާދަމް މިސްބާހާއި، ލ. ގަން ތުނޑީ އަވަށް، އިޓްޖެހިގެ 22 އަހަރުގެ މުހައްމަދ އިނާޝާއި، ބަންގުލަދޭޝް ރައްޔިތެއްކަމަށްވާ 24 އަހަރުގެ އަލީ އަހުމަދުގެ އިތުރުން 36 އަހަރުގެ ތުހުންއެވެ.

މީގެ އިތުރުން އީރާންގެ އަލް ޝަބާން ބޯޓުން ބޭރު 6 މީހަކު ހައްޔަރުކޮށްފައިވެއެވެ. މި 6 މީހުންނަކީ އީރާންގެ ރައްޔިތުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް