Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 12:59
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
ރާއްޖެއެމްވީ
ޖުމްހޫރީ ޕާޓީ
ނަޝީދަށް ގާސިމްގެ ރައްދު: ބޭރުން ހާފިޘުން ގެނައުމަކީ ބޮޑު އިސްރާފެކޭ ބުނަން ހެޔޮ ނުވާނެ!
ހަމަނުޖެހުން އުފެދި ކަންތައްތައް ގޯސްވެގެން ހިނގައްޖެނަމަ ރައްޔިތުން ބަނޑަށް ޖެހޭނެކަމަށް ވިދާޅުވި

ބޭރު ގައުމުތަކުން ރަމަޟާންމަހު ހާފިޘުން ގެނައުމަކީ ބޮޑު އިސްރާފެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ރައްދު ދެއްވައިފިއެވެ.

Advertisement

ހޯމަދުވަހުގެ ރޭ މާމިގިލީގައި ޖޭޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ކޮންމެވެސް ސަބަބަކާއި ހެދީ ދިވެހިރާއްޖޭގައި ހަމަނުޖެހުން އުފެދި ގިނަ ކަންތައްތަކެއް ގޯސްވެގެން ހިނގައްޖެ ނަމަ ރައްޔިތުން ބަނޑަށް ޖެހޭނެ ކަމަށެވެ. ދިވެހިރާއްޖެއަށް އާމްދަނީގެ އެންމެ ބޮޑުބައެއް އަބަދުވެސް ލިބެނީ ޓުއަރިޒަމްގެ ދާއިރާއިން ކަމަށާއި ރާއްޖޭގައި ހަމަނުޖެހުން އުފެދި ޓުއަރިސްޓުން ނާންނަން ފަށައިފިނަމަ ދެންވާނެ ގޮތަކާއި މެދު ވަނީ ސުވާލު އުފައްދާފައެވެ.

މިގައުމުގެ ކުރިއެރުމާއި ތަރައްޤީ ގެނައުމުގައި މި ގައުމު ބާރު ސްޕީޑްގައި ހަލުވިކޮށް ކުރިއަށް ދިއުމުގައި އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި އަޅުގަނޑުމެންގެ އެއްބަނޑުއެއްބަފާ ކަމާއި އުހުއްވަތްތެރިކަމާއި ހަމަޖެހުމާއި އަމާންކަމާއި އެކީ އަޅުގަނޑުމެން ކުރިއަށްދާން. އަޅުގަނޑުމެންގެ އާމްދަނީގެ އެންމެ ބޮޑުބައެއް އަބަދުވެސް ލިބެނީ ޓުއަރިޒަމްގެ ދާއިރާއިން. މި ދިވެހިރާއްޖޭގައި ހަމަނުޖެހުން އުފެދި ގިނަ ކަންތައްތަކެއް ގޯސްވެގެން އެސަބަބާއި މިސަބަބާއި ހެދި ނަމަވެސް މެދުވެރިވެއްޖިއްޔާއި ދެންވާނެ ގޮތް ތި ބޭފުޅުން ވިސްނާވަޑައިގަންނަވާ. އަޅުގަނޑުމެން ބަނޑަށް ޖެހޭނީ. މިތާ ހަމަނުޖެހުން އުފެދިގެންއައިސް ވަކި ހިސާބަކަށް ހިނގައްޖިއްޔާ ޓުއަރިސްޓުން ނާންނަން ފަށައިފިއްޔާ ދެން ކިހިނެތްތޯވާނީ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް

ދިވެހިރާއްޖޭގައި ޓުއަރިޒަމް ފެތުރިގެން ދިއައީވެސް އަދި މިހާތަނަށް ފެތުރެމުން މިދަނީވެސް މި ދިވެހިރާއްޖެއަކީ 100 ޕަސެންޓް މުސްލިމްގައުމެއްގެ ގޮތުގައި އޮވެގެން ކަމަށާއި އެއްވެސް ބަޔަކު މުސްލިމު ގައުމަކަށް ވީތީއޭ ކިޔާފައި ނާންނަ ނަމަ ފުރަތަމަ ދުވަހުވެސް ނާންނާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ވާހަކަ ދައްކައިގެން ކުރި ހޯދަން އުޅުނަސް އެކަމެއް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.

ހިތާމައަކީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ބައެއް މުހިއްމު ބޭފުޅުން އެބަ ވިދާޅުވޭ. ކީއްކުރަންހޭ ރަމަޝާން މަހާއި ދިމާކޮށްފައި މިސްކިތްތައް މަރާމާތުކުރާ މިސްކިތުގެ ބިލް ދެއްކުމާއި ޤާރީން ވައުލު ވިދާޅުވާން ގެނައުމަކީ ބޭކާރު އިސްރާފެކޭ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
17 ޑިސެންބަރ 2019 | އަންގާރަ 17:05
?އެދުރު ހަސަން
ގާސިމު އަކީ ކުޑަކުއްޖެއްނޫން .ކޮއްމެ މީހަކުވެސް ވާހަކަ ދައްކަނީ ސިޔާސީވެގެން. ގައުމައް ރައިއްޔަތަކައް . އިސްލާމްދީނައް ހެވެއް އެދިގެން އިހްލާސްތެރި ކަމާއި އެކު ބަހެއް ބުނެލަން ކެރެނީ ނަޝީދައް.ދިވެހި ބެލެނި ވެރިން އެމީހުންގެ ޅަދަރިން އެމީހުންގެ ބުރަ މަސައްކަތުން ބޮޑުކޮއް ތައުލީމު އުގަންނައިދީ. ގުރުވާން ކިޔަވަން ރީއްޗައް ދަސްކޮއްދީ އަހަރަކު އެތައް ހާފިޒުންނެއް މި މުޖުތަމައު އައް ނެރުނީމަ ކަލޭކޭމެންގެ ބަހަކައްވަނީ އެކުދީންގެ ބޭނުން ނުހިފާ ބޭރުން ގޮތްނޭގޭ ބަޔަކު ގެނެސް މުޖު ތަމައު ފަސާދަ ކުރުންތަ؟ ނަޝީދު ބުނީރަގަޅައް. ރަމަޟާން މަހު ދިވެހި ކުދިންގެ ބޭނުން ހިފަންވީ. އެކުދިން އޭސީ ރޫމް ބައިތިއްބައިގެން ބޮޑު މުސާރަ ދީ ކާންދީ އެކުދިންނާއި މެދު ރަގަޅައް ކަންތަ ކުރީމަ އެކުދިންނައް އިތުރައް ލިބޭ ހިތްވަރަކައް ވާނެ.. ގާސިމު ކަލޭވެސް ކުރަންވީ ކަމަކީ ކަލޭގެ ތިހަޒާނާ ރަމަޟާން މަހުގެ ހެވާއި ލާބަޔައް އެދިގެން މިސްކިތްތަކައް ހުޅުވާ ލަންވީ. ކަލޭ ކިތައްމެ ވަރަކައް ގަދަ ފައި ވިއްދިޔަސް މާގިނަ ދުވަހަކު މިދުނިޔެ އަކު ކަލެއައް ކަމަކު ނޫޅެވޭނެ. މިބިންމަތީގައި ފަސާދަ އުފައްދާ މީހުންގެ ތެރެއިން ނުވުވުމައް ކަލެ އައް ނަސޭހަތް ތެރިވަން. ވެރިކަމުގެ ދަހިވެތި ކަމުގައި ދީން ސިޔާސީ ކުރަން ނޫޅޭ.
17 ޑިސެންބަރ 2019 | އަންގާރަ 13:42
އަސްރަފު
ނަޝީދު އެވިދާޅުވީ ރަގަޅަށް، މިރާއްޖޭގައި ވަރަށް ފުރިހަމައަށް ރީއްޗަށް ޤުރުއާން ކިޔަވާ، މީހުން ވަރަށް ގިނަ. ވީއިރު ބޮޑު ހޭދައެއް ކޮށްގެން ބޭރުން މީހުން ނުގެނެސް، ދިވެހިންނަށް އެ ފުރުސަތު ދިނުން މާ ރަނގަޅު، އިސްރާފު ކުރުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެއް.