Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 12:48
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް
އެމްއެންޑީއެފް
އެމްއެންޑީއެފް
ހަރުކަށިފިކުރުގެ އެއްވެސް ފަރާތަކަށް ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރުމުގެ ފުރުޞަތު ނުދޭނަން: ޝަމާލް
ހަރުކަށި ފިކުރުގެ ބަޔަކަށް ދިފާއީ ބާރުގައި މަސައްކަތް ކުރުމަށް ފުރުސަތު ނުދޭނަން
ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި ސަރުކާރުގެ ސެޓޭންޑް ވަރަށް ސާފު

ހަރުކަށި ފިކުރު ގެންގުޅޭ އެއްވެސް ފަރާތަކަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރުމުގެ ފުރުޞަތު ނުދެއްވާނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

Advertisement

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ރާއްޖޭގެ ހުރިހާ ކައުންސިލުތަކުގެ ކައުންސިލަރުންނާއެކު ކްރޮސްރޯޑްސް މޯލްޑިވްސްގައި އިއްޔެ ކުރިއަށްދިޔަ "ވިއަވަތި ރާއްޖެ" ކޮންފަރެންސްގައި ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން ޝަމާލް ވިދާޅުވީ، ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމުގައި ސަރުކާރުގެ ސެޓޭންޑް ވަރަށް ސާފުކަމަށެވެ. އަދި ކަމެއް ދިމާވެއްޖެނަމަ ޤައުމީ ދިފާޢީ ބާރުން ހަރަކާތްތެރިވާންވީ ގޮތާއި އެކަމަށް ބޭނުންވާ ތަމްރީންތައް ހަދަމުންދާކަމަށް ޝަމާލް ވިދާޅުވި އެވެ.

ހަރުކަށި ފިކުރުގެ ޑެފިނީޝަންގެ މީހުން އަޅުގަނޑުމެންގެ މުއައްސަސާތަކުގައި ތިބޭކަމަށް ވަންޏާ އަޅުގަނޑުމެން ނުދޭނަން އެ ފުރުސަތެއް. އެއްވެސް މީހަކަށް އެއްވެސް ދައުލަތުގެ ސަލާމަތީ ހިދުމަތެއްގައި ތެރޭގައި އޭގެ މީހަކަށް މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނަން.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމަށް ސަރުކާރުގެ ފަރާތުން އަޅަމުންދާ ފިޔަވަޅުތަކާއެކު ޤައުމީ ސަލާމަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި މި ފިޔަވަޅުތަކާއެކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެކަމަށްވެސް ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވިއެވެ. ޝަމާލް އިތުރަށް ވިދާޅުވީ އެފަދަ ފިކުރު ގެންގުޅޭ އެއްވެސް ފަރާތަކަށް ގައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރުމުގެ ކުޑަ ފުރުސަތެއްވެސް ނުދެއްވާނެކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކުރުމާ ބެހޭގޮތުން، ބޭއްވި މި ޑިސްކަޝަން ގައި ރިޔާސަތު ބަލަހައްޓަވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. އަދި މި ޑިސްކަޝަންގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲ އާއި އެޓަރނީ ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް