Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 12:40
މޯލްޑިވިސް ޕޮލިސް ސާރވިސް
މޯލްޑިވިސް ޕޮލިސް ސާރވިސް
ރާއްޖެއެމްވީ
ފުލުހުން
އަންހެނަކު ރޭޕްކުރަން އުޅުނުކަމުގެ ތުހުމަތުގައި 2 ފިރިހެނަކު ހައްޔަރުކޮށްފި
ހައްޔަރުކޮށްފައިވަނީ 2 މީހެއް
އެމީހުން ހައްޔަރުކޮށްފައިވަނީ އެ އަންހެން މީހާގެ ގޭގެ ތެރެއިން
އެ މީހުން ހައްޔަރުކުރުވުނީ ރޭޕްގެ ތުހުމަތުގައި

އަންހެނަކަށް ބިރު ދައްކައި ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގަން އުޅުނު ކަމުގެ ތުހުމަތުގައި 2 ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފުލުހުން ބުނެފައިވަނީ، އަންގާރަ ދުވަހުގެ ދަންވަރު 2:30 ހާއިރު ލ. ގަމު ތުނޑީ ގެއަކަށް ދެމީހަކު ވަދެ އެ ގޭގައި އުޅޭ އަންހެނުންނަށް ބިރުދައްކައި ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. އަދި މައްސަލައާއި ގުޅިގެން 28 އަހަރާއި 29 އަހަރުގެ ދިވެހި ދެ ފިރިހެނަކު ފުލުހުންގެ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

Advertisement

ފުލުހުން ބުނެފައިވަނީ އެ ދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އެ ގޭގެ ތެރެއިން ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުންދާކަމަށެވެ. މި މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީހަކު ރޭޕްކުރުމަކީ ގާނޫނީ ގޮތުން ބޮޑު ކުށަކަށްވާއިރު، އެ މީހުންގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އަދި އެކަންކުރީ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެންނަމަ އެމީހުންނަށް ޖިންސީ ކުށުގެ ގާނޫނުގެ ދަށުން 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލުހުކުމެއް އަންނާނެއެވެ. އަދި އެކަންކުރީ އެހެން ގޮތަކަށް ކަމުގައި ވާނަމަ 7 އަހަރާއި 10 އަހަރާއު ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް