Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 10:21
ގާސިމް މަރާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި
ގާސިމް މަރާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި
ވަގުތު.އެމްވީ
ފުލުހުން
ގާސިމްގެ މަރު: ޑީއެންއޭ މެޗެއް އަދި ހޯދިފައެއް ނުވޭ
މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވޭ
ގާސިމް މަރާލާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި
ގާސިމް މަރާލި ސަރަހައްދުން ޑީއެންއޭ ފެނުނު ނަމަވެސް އެއްވެސް މީހަކު އަދި ދެނެގަނެވިފައެއް ނުވޭ

ތޫނު އެއްޗަކުން ހަމަލާދީ މަރާލި ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ ކާރުތެރެއިންނާއި މަރާލަން ބޭނުންކުރި ހަތިޔާރުން ނެގި ޑީއެންއޭއާއި އެއްވެސް ފަރާތެއްގެ ޑީއެންއޭއާއި އަދި މިހާތަނަށް މެޗެއް ނުވާކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުުވީ، މިމަހުގެ 4 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި އަނިޔާވެރިކޮށް މަރާލައިފައިވާ ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މައްސަލައާއި ގުޅިގެން އަދި އެކަމުގެ ތުހުމަތުގައިވެސް އެއްވެސް މީހަކު މިހާތަނަށް ދެނެގަނެވިފައިނުވާކަމަށާއި އަދިވެސް ކުރަމުންދާ މަސައްކަތަކީ ސީސީޓީވީ ފުޓޭޖްތައް އެނަލައިޒްކުރުންކަމަށެވެ. މީގެއިތުރުން، ފުލުހުންގެ ޑޭޓާބޭސްގައި ހުރި އެއްވެސް ޑީއެންއޭއަކާއި އަދި ދިމާނުވިނަމަވެސް އަދިވެސް ޑީއެންއޭ ދިމާވާ ފަރާތެއް ހުރިތޯ އިތުރަށް ބަލަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުންގެ ހައްޔަރަށް ގެންދާ އެންމެންގެވެސް ޑީއެންއޭއާއި ފިންގާރޕްރިންޓް ނަގާ، އެ މައުލޫމާތު ރާއްކާކުރެއެވެ. އަދި މި މައުލޫމާތުތައް ހިމެނޭ ޑޭޓާބޭސްއެއް ފުލުހުން އަންނަނީ ބަލަހައްޓަމުންނެވެ.

މީގެކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާސިމް ހަސަން މެރުމަށް ބޭނުންކުރި ހަތިޔާރު ހޯދިފައިވާ ކަމަށާއި، އެ މައްސަލައިގެ ތަޙުޤީޤުގައި ފުލުހުންނަށް ކުރިއެރުމެއް ލިބިއްޖެ ކަމަށެވެ. އެގޮތުން ޤާސިމްއަށް ހަމަލާ ދިނުމަށް ބޭނުންކުރި ހަތިޔާރު އޮތީ އެ ސަރަހައްދު މަގުގެ އެއް ފަރާތުގައި ހުރި ގަސްގަނޑެއްގެ ތެރޭގައި ކަމަށް ހަމީދު ވިދާޅުވިއެވެ.

Advertisement

ހަމީދު ވިދާޅުވީ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް މި މައްސަލައާއި ގުޅުންހުރި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ޤާސިމްގެ ޓެކްސީ ދަތުރުކުރި މަގުތައްވެސް ދެނެގަނެވިފައިވާކަމަށެވެ.

ޕޮލިސް ކޮމިޝަނަރ އެ މައުލޫމާތު ހިއްސާކުރެއްވިތާ ހަފްތާއެއްހާ ދުވަސްވެފައިވާއިރު ފުލުހުން ބުނީ އެ މައްސަލައިގެ ތުހުމަތުގައިވެސް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާކަމަށެވެ.

ގާސިމްގެ މަރާއި ގުޅިގެން ޖަމިއްޔާއިން ގާސިމް މަރާލި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަދި އެކަން ކުރި މީހުން ހައްޔަރުކޮށް އިސްލާމް ދީނުގައި އަންގަވާފައިވާ ހުކުމް ގާއިމްކޮށް ދިނުމަށް ސަރުކާރު އެންމެހާ މުއައްސަސާތަކަށް ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް