Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 09:32
ދެ ދިރާސާ ލިބިފައިވަނީ ހޯމަ ދުވަހު
ދެ ދިރާސާ ލިބިފައިވަނީ ހޯމަ ދުވަހު
ޓްވިޓަރ
މިނިމަމް ވޭޖް
މިނިމަމް ވޭޖާއި ގުޅޭ ދެ ދިރާސާއެއް ލިބިފައިވޭ: ފައްޔާޒު
މަޖިލީހުގެ އަންނަ ދައުރަށް ދިރާސާތައް ހުށައަޅުއްވާނެ ކަމަށް ވިދާޅުވި
މިނިމަމް ވޭޖް ކަނޑައެޅުމަކީ ރައީސްގެ ވައުދެއް
މިނިމަމް ވޭޖް އަވަސްކޮށް ދިނުމަށް މަސައްކަތްތެރިން ދަނީ ގޮވާލަމުން

އެންމެ ކުޑަ އުޖޫރަ ނުވަތަ ''މިނިމަމްވޭޖް' 'އާއި ގުޅޭ ދެ ދިރާސާއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

Advertisement

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުގެ ފަރާތުން ތައްޔާރުކޮށްފައިވާ ދެ ދިރާސާ މިނިސްޓަރު ފައްޔާޒަށް އަރުވާފައިވަނީ ހޯމަ ދުވަހު އެވެ. އެކަން ހާމަކުރައްވައި ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ދެ ރިޕޯޓް ކެބިނެޓަށް ހުށައެޅުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ހުށައަޅަން ހަމަޖެހިފައިވާ ކަމަށެވެ.

"މިނިމަމް ވޭޖް" ކަނޑައެޅުމުގެ މަސައްކަތްތައް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފައްޔާޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމަވާލައްވައި މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު ނުނިމިއޮތީ މިނިމަމްވޭޖް ބިލުގެ މަސައްކަތް އެކަންޏެވެ. އެ ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކޮމެޓީން ދަނީ އެ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭނެ ކޮމިޓީއެއް އެކުލަވާލާފައެވެ.

މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް