Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 01:04
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް
ޔޫސުފް ސޮފްވާން ރަޝީދު
މައުމޫން
މީހުން މަރަން ފަސްނުޖެހޭ ހަރުކަށި ފިކުރުގެ މީހުންނަށް މުޅި ގައުމު ސަމާލުވާންޖެހޭ: މައުމޫން
ރާއްޖޭގައި އައިއެސް ގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތް ތަކާ ބެހޭގޮތުން ޕޮލީސް ކޮމިޝަނަރ މިއަދު ދެއްވީ ވަރަށް ބިރުވެރި މަޢުލޫމާތު ތަކެއް

ރާއްޖޭގައި އުޅޭ މީހުން މަރަން ފަސްނުޖެހޭ ހަރުކަށި ފިކުރުގެ މީހުންނަށް މުޅި ޤައުމު ސަމާލުވާންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމްއާރުއެމްގެ އިންތިޤާލީ ރައީސްކަން ވެސް ކުރައްވާ މައުމޫން މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. މައުމޫން މިގޮތަށް ޓްވީޓް ކުރެއްވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ހަރުކަށި ފިކުރަށް ތަބާވެ، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރަށް އެފިކުރުގެ ތެރެއަށް 1400 އާ ގާތްކުރާ ޢަދަދެއްގެ ދިވެހިން އުޅޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވުމާއި ގުޅިގެން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައެވެ.

މައުމޫންގެ ޓްވީޓްގައި ވިދާޅުވީ ރާއްޖޭގައި އައިއެސް ގެ ފަރާތުން ހިންގާ ނިރުބަވެރި ހަރަކާތް ތަކާ ބެހޭގޮތުން ޕޮލިސް ކޮމިޝަނަރ ދެއްވީ ވަރަށް ބިރުވެރި މަޢުލޫމާތު ތަކެއް ކަމަށެވެ. އަދި މުޅި ޤައުމު ސަމާލު ވާން ޖެހޭ ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.

Advertisement

ރާއްޖޭގައި ހަރުކަށި ފިކުރުގެ ނުރައްކާ އޮތް މިންވަރު ހާމަކޮށްދެއްވަމުން ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ދަޢުވަތުދީގެން ކްރޮސް ރޯޑްސްގައި ސަރުކާރުން ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ހައްދުފަހަނާޅައިދިއުމުގެ ޢަމަލުތަކާ ދެކޮޅަށް ޙަރަކާތްތެރިވުމަށް ކައުންސިލުތަކުގެ އެއްބާރުލުމަށް ސީޕީ ހަމީދު ވަނީ އެދިވަޑައިގެންފަ އެވެ. އެކަމަށް ސީޕީ އެދިވަޑައިގެން ވަނީ ރާއްޖޭގައި ހަރުކަށި ފިކުރުގެ ކަންކަން ކުރިޔަށް ގޮސްފައި އޮތް ހިސާބު ތަފާސް ހިސާބުތަކުން ހިއްސާކޮށްދެއްވާފަ އެވެ.

އެގޮތުން ސީޕީ ވިދާޅުވީ ތަފާސް ހިސާބުތައް ދައްކާގޮތުން 173 މީހުން ސީރިޔާއަށް ދިޔަކަމަށެވެ. އަދި އެއީ ސީރިޔާ އަދި އިރާޤުގައި ހިނގާދިޔަ ދާޚިލީ ހަނގުރާމައަށް ވަންނަން ދިވެހިންގެ ތެރެއިން ޝައުގުވެރިކަން ހުރި އަދި އެކިގޮތްގޮތުން މަސައްކަތް ކުރި 423 މީހުން ގެ ތެރެއިން ސީރިޔާއަށް ދިޔަ މީހުންގެ ޢަދަދު ކަމަށް ސީޕީ ވިދާޅުވި އެވެ. މީގެތެރެއިން މިހާރު ބާކީ ސީރިޔާގައި ތިބީ 59 ދިވެހިން ކަމަށާއި އޭގެ ތެރެއިން 91 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ސީޕީ ވިދާޅުވި އެވެ. މީގެތެރެއިން ރާއްޖެ އާދެވޭފަދަ ޙާލަތުގައި ތިބީ 4 ފިރިހެނުން ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ ސީރިޔާގެ ހަނގުރާމައިގެ ކުރިންވެސް އަފްޣާނިސްތާއި ޕާކިސްތާނު ގެ ހަމަނުޖެހުމުގެ ތެރޭގައިވެސް ދިވެހިންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
17 ޑިސެންބަރ 2019 | އަންގާރަ 06:11
ނަންނުގަތި
މައުމޫނުގެ ގޭންގަކާ ޔާމީނުގެ ގޭންގަކާ ސިޔާސީ ވެރިންގެ ގޭންގުތަކެއް މިއުޅެނީ. އިހައްދުވަހު ޓެކްސީ ޑްރައިވަރުވެސް މަރާލީ ތިބުނާހެން ބިރެއް ރަހުމެތް ނެތި އިނގޭތޯ... ސާފު ވެއްޖެތޯ. އިންޑިއާ އިން މުސްލިމުން މަރަމުން އެ ދަނީ 2021 ގެ ކުރިން އިންޑިއާ އިން އިސްލާމުން ނައްތާލާނެ ކަމަށް ބީޖޭޕީ ބުނީ މިއަދު. ވީމާ 2021 އާ ހަމަޔަށް 2 ގައުމުގެ މިސްރާބު ހުންނާނީ ވ އެއްގޮތަކަށް ކަމަށް ޝައްކެތް ވެސް ނެތް. އިންޑިއާ އާ މިހާ ގާތް ގުޅުމެއް އޮންނަ ސަރުކާރަކުން ތިހެން ބުނުމުން ތިބުނާ ހަރުކަށި ފިކުރު ވ ސާފު އިނގޭތޯ. 2 ގައުމުން ވެސް އިސްލާމް ދީނާ ދެކޮޅަށް ތިކުޅެނީ އެއް ގޭމެއް ސާފު ވެއްޖެތޯ...