Advertisement
ކ. މާލެ
|
17 ޑިސެންބަރ 2019 | އަންގާރަ 09:34
ހެލްތް މިނިސްޓަރު އަމީން އޯއައިސީގެ ބައްދަލުވުމުގައި
ހެލްތް މިނިސްޓަރު އަމީން އޯއައިސީގެ ބައްދަލުވުމުގައި
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓަރު
ދިވެހިން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް، ބައިނަލްއަގްވާމީ އެހީތެރިކަން ބޭނުންވޭ: މިނިސްޓަރ
ސިއްހީ ދާއިރާއިން ރާއްޖެއިން ހޯދިފައިވާ ކާމިޔާބީތައް ފާހަގަކުރެއްވި
ގައިންގަޔަށްނާރާ ބަލިތައް ނައްތާލުމަށް ކުރެވޭ މަސައްކަތުގެ ތަފްސީލް ދެއްވި
ރާއްޖެއިން ރިޒޮލޫޝަނެއް ހުށައަޅަން ހަމަޖެހިފައިވޭ

ދިވެހިން ދުޅަހެޔޮ ސިއްހަތެއްގައި ބޭތިއްބުމަށް ގައުމީ ފެންވަރުގައި ކުރާ މަސައްކަތަށް ބައިނަލްއަގްވާމީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ގޮވައިލައްވައިފިއެވެ.

ބައިނަލްއަގްވާމީ ސަމާލުކަމަށް މިނިސްޓަރު އެކަން ގެންނެވީ އޯއައިސީގެ ހަތް ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) އިންތިޒާމުކޮށްގެން، ''ކޮލިޓީ އޮފް ލައިފް'' ޝިޔާރުގެ ދަށުން ޔޫއޭއީގައި ކުރިޔަށްދާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ދުބާއީގަ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ ބައްދަލުވުމުގައި އަމީން ވަނީ ސިއްހީ ދާއިރާއިން ވޭތުވެދިޔަ ދުވަސްތަކުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ.

އެގޮތުން ފައިލޭރިޔާއާ، ހިމިބިހި އަދި ޓެޓްނަސްގެ އިތުރުން ޕޯލިއޯ އެއްކޮށް ރާއްޖެއިން ނައްތަލެވިފައިވާކަން މިނިސްޓަރު ފާހަަގަކުރެއްވިއެވެ. އެންމެ ފަހުން ރާއްޖެއިން އެއްކޮށް ނައްތާލާފައިވަނީ ރުބެއްލާ ކޮންޓްރޯލްގެ އިތުރުން މައިމީހާގެ ފަރާތުންދަރިފުޅަށް ވާރުތަވާ އެޗްއައިވީގެ އިތުރުން ސައިފިލްސް އެވެ.

ރާއްޖެއިން ޑަބްލިއުއެޗްއޯގެ ގޯލްތައް ކާމިޔާބު ކުރުމަށް މަސައްކަތްތަކެއް ކުރެވިފައިވާކަން އަމީން ފާހަގަކުރެއްވިއެވެ.

Advertisement

އަމީން ވިދާޅުވީ، އާއްމު ބަލިތަކުގެ އަދަދު މަދުކުރެވިފައިވިޔަސް އެހެން ގައުމުތަކެކޭ އެއްފަދައިން ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް ކުރަން ޖެހޭ މަސައްކަތް އަގުބޮޑުވުމުގެ ސަބަބުން ގޮންޖެހުން ތަކެއް ހުރި ކަމަށެވެ. އެ ހާލަތު ބަދަލުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތަފްސީލު އޭނާ ވަނީ އޯއައިސީގެ ބައްދަލުވުމުގައި ދެއްވާފައެވެ.

އަމީން ވިދާޅުވީ، ދުޅަހެޔޮ ސިއްހަތެއްގައި ދިވެހިން ތިބުމަށް ގައުމީ ފެންވަރުގައި އިތުރަށް މަސައްކަތްކޮށް އެކަންތައްތައް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އެއީ، މޫސުމީ ބަދަލުތަކާއި، ކަނޑުގެ ލޮނުގަނޑު މަތިވުމުގެ ސަބަބުން ސިއްހަތަށް ދިމާވާ ކަންތައްތަކަށްވިޔަސް އެކަމަަށް ގައުމީ ފެންވަރުކަމުގައި ކުރާ މަސައްކަތަށް އެންމެ އެކަށީގެންވާ ނަތިއްޖާ އެއް ނެރެވޭނީ ބައިނަލްއަގްވާމީ އެހީތެރިކަން ލިބިގެން ކަމަށެވެ.

ހެލްތު މިނިސްޓްރީން ބުނީ، މިއަހަރުގެ ބައްދަލުވުމުގައި އެންޓިވެކްސް ކެމްޕެއިންއާއި ގުޅިގެން މެންބަރ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެންބަރ ޤައުމުތަތުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ޙައްލުހޯދުމަށް ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން މިނިސްޓަރު އަމީން ހުށައެޅައިދެއްވާނެ ކަމަށެވެ.

އޯއައިސީގެ 6 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބާއްވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ސައޫދީ އަރަބިއްޔާގެ ޖިއްދާގަ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް