Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 23:43
ހައްޔަރު ކޮށްފައިވަނީ 47 އަހަރުގެ ފިރިހެނެއް
ހައްޔަރު ކޮށްފައިވަނީ 47 އަހަރުގެ ފިރިހެނެއް
ރާއްޖެއެމްވީ
މޯލްޑިވްސް ޕޮލިސް ސަރވިސް
މަސްތުގެ ހާލަތުގަ ހުރެ ބަޔަކަށް ބިރުދެއްކި ސަފާރިއެއްގެ ވެރިޔަކު ހައްޔަރުކޮށްފި
ހައްޔަރު ކޮށްފައިވަނީ 47 އަހަރުގެ ފިރިހެނެއް
ފުލުހުން ދަނީ މައްސަލަ ބަލަމުން
ސަފާރީ އަޅާފައި އޮތީ އދ. ދިއްދޫ ގައި

ސަފާރީއެއްގެ ވެރި މީހަކު މަސްތުވެ ހުރެގެން ބަޔަކަށް ބިރުދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އދ. ދިއްދޫ ކައިރީގައި އަޅާފައި އޮތް ސަފާރީއެއްގައި ތިބި ބަޔަކަށް އެ ސަފާރީގެ ވެރިޔާ މަސްތުގެ ހާލަތުގައި ހުރެ ބިރު ދެއްކިކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement

އެ މައުލޫމާތު ލިބުމާއި އެކު ފުލުހުން އެ ސަފާރީ އަށް ގޮސް އޭގެ ވެރިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ. ފުލުހުން ބުނީ އެ މީހާ އަކީ 47 އަހަރުގެ ފިރިހެނެއް ކަމަށެވެ.

ފުލުހުން ދަނީ މައްސަލަ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް