Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 23:28
ހދ ވައިކަރަދޫ
ހދ ވައިކަރަދޫ
ފޭސްބުކް
އެކްސިޑެންޓް
ހދ ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އެކަކު ހާލު ސީރިޔަސްވެ އައިސީޔޫގައި
ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް ހާލު ސީރިއަސްވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނޭ
ސައިކަލް ދުއްވާފައިވާ ދެ މީހުންގެ އަތުގައިވެސް ލައިސަންސް ނެތް ކަމަށް ފުލުހުން ބުނޭ

ހދ ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޙާލު ސީރިއަސްވި މީހާއަށް ހދ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހޯމަ ދުވަހުގެ ރޭ އިރާކޮޅު ވައިކަރަދޫ ގައި ދެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. މި އެކްސިޑެންޓުގައި 48 އަހަރުގެ ފިރިހެން މީހާގެ ބޯ ފަޅައިގެން ގޮސް ޙާލު ސީރިއަސްވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ދެ ވަނަ މީހާއަށް ވައިކަރަދޫ ޞިއްޙީ މަރުކަޒުން ފަރުވާދެމުންދާ ކަމަށާއި، އޭނާގެ ޙާލު ސީރިއަސް ނޫންކަމަށް ފުލުހުން ބުނެއެވެ. އޭނާގެ އުމުރަކީ 20 އަހަރެވެ.

Advertisement

މި ދެމީހުން ސައިކަލު ދުއްވާފައިވާއިރު މިއިން އެކެއްގެ އަތުގައިވެސް ލައިސަންސް ނެތް ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ތަހުޤީޤުކުރަމުންދާ ކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް