Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 23:12
ވިއަވަތި މަހާސިންތާގައި ހޯމް މިނިސްޓަރ ވާހަކަ ދައްކަވަނީ
ވިއަވަތި މަހާސިންތާގައި ހޯމް މިނިސްޓަރ ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ޓެރަރިޒަމް
ޓެރަރިޒަމް އާއި އެކްސްޓްރީމިޒަމް އާ ދެކޮޅަށް މިކުރާ ކަމަކީ ދީނަށް ލޯބި ކުރުމާއި ދީނަށް އުޅުމާ ދެކޮޅަށް ކުރާކަމެއް ނޫން: އިމްރާން
ހޯމް މިނިސްޓަރ ވިދާޅުވީ މިއީ ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ކަމެއް ކަމަށް
ދީނުގެ ނަމުގައި އުފައްދާ ފިކުރަކުން އެއީ ދީނުގެ ނަމުގައޭ ބުނެ ކުރާ ކަންތައްތައް ކުރުމަށް ދީނުގައި ނެތްކަމަށް މިނިސްޓަރ ވިދާޅުވި
މިކަންކަން ހުއްޓުވޭނީ ހުރިހާ ދިވެހިން ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވި

ޓެރަރިޒަމް އާއި ވައިލެންޓް އެކްސްޓްރީމިޒަމް އާ ދެކޮޅަށް މިކުރާ ކަމަކީ ދީނަށް ލޯބި ކުރުމާއި ދީނަށް އުޅުމާ ދެކޮޅަށް އުޅުމަށް ކުރާ ކަމެއް ނޫންކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހުރިހާ ކައުންސިލްތަކަށް ދަޢުވަތު ދީގެން ކުރިޔަށް ގެންދިޔަ "ވިއަވަތި" މަހާސިންތާގައި ރާއްޖޭގައި ހައްދުފަހަނަ އަޅާ ދިޔުމުގެ ކަންކަން ގޮސްފައި އޮތް ހިސާބާއި އެކަމާމެދު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލަރުންނަށް މަޢުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ މިއީ ދުނިޔޭގައި ފެތުރިފައިވާ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި ހަތަރު ލައްކައެއްހާ މީހުން ހަމަނުވާ ޤައުމެއްގައި އެންމެ ރައްޔިތަކު ގޮސް ބޮޑު ޤައުމެއްގާ ހިންގާ އެންމެ ޖަރީމާ އެއްގެ ސަބަބުން މާދަމާ އެހެން ބަޔަކު އައިސް މުޅި ރާއްޖެ ހިފަންޖެހޭ ޙާލަތަކަށް ރާއްޖެ ދިޔުމަކީ ދުނިޔޭގައި ހިނގާފައި ހުރި ކަންތައްތައް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Advertisement

މިނިސްޓަރ ވަނީ ގުޅިފައިވާ ޤައުމުތަކުން އަފްޣާނިސްތާނައި، ސީރިޔާއާއި އިރާޤަށް އަރާ އެތަންތަން ހިފަންޖެހުނީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. އަދި މިޙާލަތަށް އެންމެ ދިވެއްސަކު ކުރާ ކަމަކުން ދިވެހި ރާއްޖެ ގޮސްފިނަމަ އޭގައި ނިކަމެތިވެގެންދާނީ ހުރިހާ ދިވެހިން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވީ ދީނުގެ ނަމުގައި އުފައްދާ ފިކުރަކުން އެއީ ދީނުގެ ނަމުގައޭ ބުނެ ކުރާ ކަންތައްތައް ކުރުމަށް ދީނުގައި ނެތްކަމަށެވެ. މިއީ ހުރިހާ ދިވެހިންނަށްވެސް ސާފުވާން ޖެހޭ ކަމެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިހިސާބަށް މިކަންކަން މިދިޔައީ ހަގީގަތުގައިވެސް ވަރަށް އަސަރާއެކު މިތިބެނީ އެތާ ހިނގާ ހުރިހާ ކަމަކާ ފޭސްކުރަން ޖެހޭނީ ތިބޭފުޅުންނަށްވުރެ އަޅުގަނޑުމެން ކަމަށް ވެދާނެ. މިކަންކަން ހިނގަމުންދާއިރު ތެޔޮ އެޅުމަކަށް އެބަވޭ ދީނުގެ ނަމުގައި މިހިނގާ އަނިޔާވެރިކަން. ވަރަށް ބައިވަރު ކުށްތައް މިހުރީ ޑްރަގް އެބައޮތް. އަދި މި ނޫންވެސް ކުށްތައް އެބައޮތް. އަދި މީގެ އިތުރުން މިއަށް އިތުރު ތެލެއް އެބައަޅާ ދީނުގެ ނަމުގައި މިކުރާ ކަންކަމުން.
ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ

މިނިސްޓަރ ވިދާޅުވީ ދީނުގެ ނަމުގައި އެކެއް އަނެކެއްގެ މުދާ ފޭރިގަނެ އަނެކަކަށް ޙަމަލާ ދީ އަނެކެއްގެ ގަޔަށް އަރައި ގަނެވި ބޭނުންތަނަކަށް ގޮސް ބޮން ގޮއްވާލެވި ޙަމަލާދެވެން ނޯންނާނެ ކަން ހުރިހާ ރައްޔިތުންނަށް އެނގެން އެބަޖެހޭ ކަމަށެވެ. އަދި މިކަންކަން ހުއްޓުވޭނީ ހުރިހާ ދިވެހިން ގުޅިގެން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ވަރަށް ރަނގަޅަށް ދިވެހިންނަށް މިކަން މިގޮތަށް ކުރުމަކީ އިސްލާމްދީން ނޫންކަން ސާފުވާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މި މަހާސިންތާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ހަރުކަށި ފިކުރަށް ތަބާވެ، ޖެހިގެން ހުރި މީހާގެ ފުރާނަ ނަގާލަން ފަސްނުޖެހޭ ވަރަށް އެފިކުރުގެ ތެރެއަށް 1400 އާ ގާތްކުރާ ޢަދަދެއްގެ ދިވެހިން އުޅޭކަމަށެވެ. ސީޕީ ވިދާޅުވީ ޓެރަރިޒަމާއި، ވައިލެންޓް އެކްސްޓްރީމިޒަމާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށެވެ. އަދި އެކަމަށް ފަސްނުޖެހޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ސީޕީ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް