Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 23:15
ސީޕީ އަދި ހޯމް މިނިސްޓަރ
ސީޕީ އަދި ހޯމް މިނިސްޓަރ
ރައީސް އޮފީސް
ފުލުހުން
ހަރުކަށި ފިކުރު ރަމްޒުކުރާ ފަދަ ޕޯސްޓްތައް ބައެއް ފުލުހުންގެ ސޯޝަލް މީޑިޔާއިން ފެނޭ: ސީޕީ
ސީޕީ ވިދާޅުވީ އެކްސްޓްރީމިޒަމް އަށް ވާގިވެރިވާ ކޮންޓެންޓް ފުލުހެއްގެ ވިޔަސް އަދި ސިފައިގެން މީހެއްގެ ވިޔަސް އަދި ޕްރައިވެޓް ނުވަތަ ޕާސަނަލް ސޯޝަލް މީޑީޔާ ޕޭޖެއްގައި ހުރެގެންނެއް ނުވާނެ
މުއައްސަސާގެ ލެވެލްގައި އަޅަންޖެހޭ ފިޔަވަޅުތައް އެފަދަ ފަރާތްތަކާމެދު އަޅަމުންދާ ކަމަށް ސީޕީ ވިދާޅުވި

ހަރުކަށި ފިކުރު ރަމްޒުކުރާ ފަދަ ކޮންޓެންޓް ބައެއް ފުލުހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ފެންނަމުންދާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ހުރިހާ ކައުންސިލްތަކަށް ދަޢުވަތުދީގެން ކްރޮސް ރޯޑްސްގައި ސަރުކާރުން ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖޭގައި ހައްދުފަހަނަ އަޅާ ދިޔުމުގެ ކަންކަން ގޮސްފައި އޮތް ހިސާބާއި، އެކަމާމެދު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލަރުންނަށް މަޢުލޫމާތު ދިނުމަށް ވަނީ ސެޝަނެއް ބާއްވާފަ އެވެ. މިސެޝަންގައި ސީޕީ ވިދާޅުވީ އެކްސްޓްރީމިޒަމަށް ވާގިވެރިވާ ކޮންޓެންޓް ފުލުހެއްގެ ވިޔަސް އަދި ސިފައިގެން މީހެއްގެ ވިޔަސް އަދި ޕްރައިވެޓް ނުވަތަ ޕާރސަނަލް ސޯޝަލް މީޑީއާ ޕޭޖެއްގައި ހުރެގެން ނުވާނެ ކަމަށެވެ.

Advertisement

އެފަދަ ކޮންޓެންޓެއް ފެނިއްޖެ ނަމަ އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށް ސީޕީ ވިދާޅުވި އެވެ.

އެކަންކަން އަޅުގަނޑުމެން ތަހުގީގުކުރަން. އަދި އެފަރާތްތަކާމެދު ފިޔަވަޅު އަޅުގަނޑުމެން އިންޓާނަލް މެކޭނިޒަމްގެ ތެރެއިން އަޅަމުން ގެންދަން. އެހެންނަމަވެސް މިވާހަކަ ފައްޓަމުން ފާހަގަ ކުރި ފަދައިން އަޅުގަނޑުމެންގެ މުޅި މުޖުތަމަޢުގެ ތެރޭގައި ފެތުރެމުން މިއަންނަ ބަލި މަޑުކަން އިޖުތިމާޢީ ބަލި މަޑުކަމުގެ ތެރޭގައި ހުންނަ މިބަލި މަޑުކަން ޚާއްސަކޮށް ދީނީ ކޮންޒަވޭޓިވްޒަމްގެ ތެރެއިންގޮސް ހަރުކަށި ރެޑިކަލައިޒްވެގެން ގޮސް ހަރުކަށި ފިކުރާ ހަމައަށް މި ސެޕްކްޓްރަމްގެ ތެރޭގައި ހިނގާ ކަންތައްތަކުގެ އަސަރު ކޮންމެ މުއައްސަސާ އެއްގައިވެސް އެބަހުރި. އަޅުގަނޑުމެން މިދަނީ އެއަށް މުއައްސަސާގެ ލެވެލްގައި އަޅަންޖެހޭ ފިޔަވަޅުތައް އެފަދަ ފަރާތްތަކާމެދު އަޅަމުން.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ނަމަވެސް އެއީ ކިހާ އަދަދެއްގެ ފުލުހުންނެއް ކަމެއް އަދި އެކަމުގެ އިތުރު ތަފުޞީލެއް ސީޕީ ހާމައެއް ނުކުރައްވަ އެވެ.

މީގެކުރިން ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާއެއްގައި ފުލުހުންގެ ތެރޭގައި ހައްދުފަހަނައަޅާ ދިޔުމާއި ދީނީ ހަރުކަށި ފިކުރު އޮތްތޯ އާއި އެކަން ހުއްޓުވުމަށް ފުލުހުން ފެއިލްވެފައިވޭތޯ ތަކުރާރުކޮށް މެންބަރުން ސުވާލު ކުރެއްވުމުން ފުލުހުންގެ ބަލަދުވެރި ފަރާތްކަމަށްވާ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ، ހައްދުފަހަނައަޅާ ދިޔުމާއި ދީނީ ހަރުކަށި ފިކުރުގެ މީހުން ފުލުހުންގެ ތެރޭގައި ފާހަގަކުރެވިފައިނުވާ ކަމަށެވެ.

އަދި ފުލުހުންގެ ތެރޭގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބިތޯ ބެލުމުގެ މަސައްކަތް އަބަދުވެސް ކުރުމަށް ފުލުހުންގެ އިސްވެރިންނަށް އަބަދުވެސް ހަނދާންކޮށްދެމުން ދާކަމަށް ހޯމް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެފަދަ ބަޔަކު އުޅޭނަމަ އެކަމަށް ޖާގަ ނުދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިމަހާސިންތާގައި ވާހަކަ ދައްކަވަމުން ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މީހުންނަށް ސިފައިންގެ ތެރެއިން ޖާގަ ނުދެއްވާނެ ކަމަށާއި އެކަންކަން ބަލަމުން ގެންދަވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މީގެކުރިން ވިދާޅުވެފައިވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުން ފުލުހުންގެ ތެރޭގައި އުޅޭ ކަަމުގަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
17 ޑިސެންބަރ 2019 | އަންގާރަ 00:46
ލަވް
ހަރުކަށި ފިކުރު ނޫން، އަމުދުން ޑިމޮކްރަސީ ފިކުރުގެ މީހުންތައް ކުރާ ޒިނޭ ތައް ނުހުއްޓުވެނީ ކީއްވެތޯ؟ޢެކަހަލަ މީހުންގެ ކިބައިން މި ގައުމު ސަލާމަތް ކޮއްދީބަލަ ﷲ އަށް ޓަކާ ަަަަަ