Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 19:49
ސީރިޔާ އަށް ހަނގުރާމައަށް ގޮސް ތިބި ދިވެހިން ތަކެއް
ސީރިޔާ އަށް ހަނގުރާމައަށް ގޮސް ތިބި ދިވެހިން ތަކެއް
ފޭސްބުކް
ފުލުހުން
ސީރިޔާގައި ތިބި ދިވެހިން ކުރިޔަށް އޮތް ހައެއްކަ މަސް ތެރޭ ރާއްޖެ ގެނެވޭނެ: ސީޕީ
ސީރިޔާގައި މިހާރު ތިބީ 59 ދިވެހިން
ކ ހިންމަފުށީގައި ރިހިބެލިޓޭޝަން ސެންޓަރެއް އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުން

ސީރިޔާއަށް ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރެއިން މިހާރު ސީރިޔާގައި ތިބި ދިވެހިން ކުރިޔަށް އޮތް ހައެއްކަ ނުވަތަ ހަތްމަސް ދުވަހުގެ ތެރޭގައި ބޭރުގެ އެހެން ދަޢުލަތަކާއި ގުޅިގެން ރާއްޖެ ގެނެސް ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެފައިވަނީ ސީރިޔާގެ ހަނގުރާމަ އަށް ފަހު، އެކި ކޭމްޕްތަކުގައި ޙަލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ. އަދި އެމީހުން ރިހިބިލިޓޭޓް ކުރުމަށް އެކަމާބެހޭ ތަނެއް ރާއްޖޭގައި ހަދާ ބޭރު ޤައުމުތަކުގެ އެހީ އާއެކު އެކަން ކުރައްވާނެ ކަަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ.

Advertisement

ހުރިހާ ކައުންސިލްތަކަށް ދަޢުވަތުދީގެން ކްރޮސް ރޯޑްސްގައި ސަރުކާރުން ކުރިއަށް ގެންދިޔަ "ވިއަވަތި ރާއްޖެ" މަހާސިންތާގައި ރާއްޖޭގައި ހައްދުފަހަނަ އަޅާ ދިޔުމުގެ ކަންކަން ގޮސްފައި އޮތް ހިސާބާއި އެކަމާމެދު ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކައުންސިލަރުންނަށް މަޢުލޫމާތު ދެއްވަމުން ސީޕީ ވިދާޅުވީ ސީރިޔާގައި މިހާރު ތިބީ 59 ދިވެހިން ކަމަށެވެ. އަދި މީގެ ތެރެއިން 91 އިންސައްތަ އަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް ސީޕީ ވިދާޅުވި އެވެ. އަދި ރާއްޖެ ގެނެވޭ ފަދަ ޙާލަތެއްގައި ތިބީ 4 ފިރިހެނުން ކަމަށް ސީޕީ ވިދާޅުވި އެވެ.

ސަރުކާރުގެ ނިންމެވުމެއް އެއީ މިފަރާތްތައް ރާއްޖެ އަނބުރާ ގެނައުން. އަދި މިފަރާތްތައް ރިހިބެލިޓޭޓް ކުރުމަށްޓަކައި މިހާރުވެސް މިގެންދަނީ ކ ހިންމަފުށީގައި ރިހިބެލިޓޭޝަން ސެންޓަރެއް އެޅުމަށް މަސައްކަތް ކުރަމުން. ކުރިޔަށް އޮތް ހައެއްކަ ނުވަތަ ހަތް މަސް ދުވަސްތެރޭގައި ބޭރުގެ އެހެން ދައުލަތަކާއި ގުޅިގެން މިފަރާތްތައް ރާއްޖެ ގެނެސް ރިހިބިލިޓޭޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ. ޓެރަރިޒަމްގެ ޤާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން އެރިހިބިލިޓޭޓް ކުރެވޭނެ މެކޭނިޒަމް ތައް ގާއިމުކުރެވި ފުރިހަމަ ކުރެވި ގެން.
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު

ހަނގުރާމަ އަށް ދިއުމަށް ފަހު އަންނަ މީހުން ރިހެބިލިޓޭޓްކުރާ މަރުކަޒު ހަދަން މަސައްކަތް ފަށާފައިވާއިރު، ޓެރަރިޒަމްގެ ޤާނޫނަށް ފަހުން ގެނައި އިޞްލާޙުގައި އެފަދަ މަރުކަޒެއް ހުރުން ލާޒިމުކުރެއެވެ.

ކ. ހިންމަފުށީގައި މި މަރުކަޒު އަޅަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްކޯ) އިން ކަމަށާއި މިމަސައްކަތަށް 49 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ހޯމް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.

ސީރިޔާގައި ކުރިޔަށް ދާ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން 173 މީހަކު ދިޔަ ކަމަށް ސީޕީ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް