Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 19:10
ރައީސް އިބްރާހިމް މުހައްމަދު ރައީސް ޞާލިޙު
ރައީސް އިބްރާހިމް މުހައްމަދު ރައީސް ޞާލިޙު
ރައީސް އޮފީސް
ރައީސް ޞާލިޙު
ހަރުކަށި ފިކުރުގެ ވާހަކަތައް ސިއްރުކޮށް ހިފަހައްޓައިގެން ގައުމަށް ލިބޭނެ ފައިދާއެއް ނެތް: ރައީސް ޞާލިޙު
މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހަރުކަށި ފިކުރުގެ ވާހަކަ އާންމުކޮށް ދެކެވުނު މިއީ ފުރަތަމަ ފަހަރު
ފުރަތަމަ ކަމަކަށް ރާއްޖޭގައި ހަރުކަށި ފިކުރުގެ ވިސްނުން އެބައޮތްކަން ގަބޫލުކުރައްވަން
ހަނގުރާމައަށް ޖިހާދުގެ ނަމުގައި ސީރިއާއަށާއި، އިރާގަށާއި އަފްގާނިސްތާނަށް މީހުންދާކަން އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ

ރާއްޖޭގައި އޮތް ހަރުކަށި ފިކުރުގެ ވާހަކަތައް ސިއްރުކޮށްގެން ހިފަހައްޓައިގެން ތިބެގެން ގައުމަށް ލިބޭނެ ފައިދާއެއް ނެތްކަމަށާއި، އެކަމަށް ދޫދިނުމެއް ނެތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން، އެބައްދަލުވުމުގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ‎މިބައްދަލުވުން ނިންމުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ގައުމަށް ދިމާވެފައި އޮތް ބޮޑެތި މައްސަލަތަކާއި މެދުގައި ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

އެގޮތުން ތިމާވެއްޓަށް އަންނަމުންދާ ބަދަލާއި ގުޅިގެން، ރާއްޖެއަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި ހަރުކަށި ފިކުރުގެ ސަބަބުން ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ނުރައްކާތެރި ބިރުވެރިކަމުގެ ވާހަކައާއި ދޭތެރޭގައި ވެސް މަޝްވަރާ ކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާ ފާޅުކަން ބޮޑު ގޮތެއްގައި ހަރުކަށި ފިކުރުގެ ވާހަކަ އާންމުކޮށް ދެކެވުނު މިއީ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ޤަބޫލުކުރެއްވުނީ މި ވާހަކަތައް ސިއްރުކޮށްގެން ހިފަހައްޓައިގެން ތިބެގެން ގައުމަށް ލިބޭނެ ފައިދާއެއް ނެތްކަމުގައި ކަމަށާއި، ފުރަތަމަ ކަމަކަށް ރާއްޖޭގައި ހަރުކަށި ފިކުރުގެ ވިސްނުން އެބައޮތްކަން ޤަބޫލުކުރައްވާ ކަމަށެވެ.

"ހަނގުރާމައަށް ޖިހާދުގެ ނަމުގައި ސީރިއާއަށާއި، އިރާޤަށާއި އަފްޣާނިސްތާނަށް މީހުންދާކަން އަޅުގަނޑުމެން ޤަބޫލުކުރަން އެބަޖެހޭ. އެއީ ރާއްޖޭގައި އޮތްކަމެއް. އަޅުގަނޑުމެން ސަރުކާރުން މިތިބީ އެކަން އެހެން ހިނގާކަން ގަބޫލުކޮށްގެން. އަޅުގަނޑުމެން މި ނަގަނީ އުނދަގޫ ޗެލެންޖެއް. އެހެންނަމަވެސް ސަރުކާރުން މިތިބީ އަދި ސަރުކާރުގެ ސިޔާސަތަކީ މިކަމަށް ކުރިމަތިލާ މިއަށް ހައްލު ހޯދުން،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު

ރައީސް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ހިދުމަތްތަކުގެ އެހީތެރިކަމާއެކީގައި އެބޭފުޅުންގެ ވިސްނުމާއި ފިކުރާ އެކީގައި އިރާދާކުރެއްވިއްޔާ ރާއްޖެއަށް ކުރިމަތިވެފައި މިއޮތް ދަތިއުދަގުލުން މި ގައުމު ސަލާމަތްކޮށްދެއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
17 ޑިސެންބަރ 2019 | އަންގާރަ 20:08
އިމާދު
އެންމެ ފުރަތަމަ ކަމަކަށްވެސް ތުބުޅިބޭލުމާއި ހަރުވާޅުގެ ފައިކުރި ތަނބިކަށްޓާހަމައަށް ނުބެހެއްޓުމަކީ އިސްލާމްދީނާ ޚިލާފުވުންކަމަށް ގަބޫލުކުރުން ބަދަލުވާންޖެހޭ. ޢިލްމުވެރިންނަކީ ހަމައެކަނި އިސްލާމީ ތަޢްލީމު އުގެނިގެންތިބޭމީހުންކަން ގަބޫލުކުރުންވެސް ބަދަލުވާންޖެހޭ.
17 ޑިސެންބަރ 2019 | އަންގާރަ 06:40
މުހައްމަދު
ބަރާބަރު! ޢަވަހަށް ހުރިހާ ވައްހާބީންނަށް ފިޔަވަޅު އަޅާ. ދިވެހިރާއްޖޭގެ ޤާނޫނު ބުނާގޮތުން ފާޑުފާޑުގެ ދީނީ އުފެއްދުންތަކެއް މިޤައުމަގު ނުހިންގޭނެ. އިސްލާމްދީން ފިޔަވާ އުފައްދާފައިވާ ބްރޭންޑްތައް މިޤައުމުގަ ނެތްކަމަށް ނުހައްދަވާ. ވައްހާބިޒަމް އަކީ ހައްދުފަހަނަ އަޅާފައިވާ ހަނގުރާމަ ވެރިން އުފެއްދުމަށް އަބްދުލް ވައްހާބް އުފެއްދި ފިތުނައެއް.