Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 18:51
\"ވިއަވަތި ރާއްޖެ\" މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން، އެބައްދަލުވުމުގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ރައީސް ވާހަކަފުޅުދައްކަވަނީ
"ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން، އެބައްދަލުވުމުގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ރައީސް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ކޮންމެ ރަށެއްގައި ކަމެއް ކުރިޔަސް، ރައްޔިތުންގެ ވިސްނުމާ ފިކުރާއި ވިންދު އޮތްގޮތް ބަލަންޖެހޭ: ރައީސް ޞާލިޙު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަސްދީޤުކުރައްވާފައިވޭ
"އައިލްސް" ވެބްސައިޓް ވަނީ މި ބައްދަލުވުމުގައި އިފްތިތާޙު ކޮށްފަ

‎ކޮންމެ ރަށެއްގައި ކޮންމެ ކަމެއް ކުރިޔަސް، ރައްޔިތުންގެ ވިސްނުމާ ފިކުރާއި ވިންދު އޮތްގޮތް އަޅުގަނޑުމެން ބަލަންޖެހޭނެ ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދިޔަ "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން، އެބައްދަލުވުމުގެ ބައިވެރިންނާއި މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

‎މިބައްދަލުވުން ނިންމުމުގެ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި، ގިނަ ޢަދަދެއްގެ ކައުންސިލަރުންގެ ބައިވެރިވުން ފެނިގެންދިޔަ މި ބައްދަލުވުމަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއްކަން ފާހަގަކުރެއްވިއެވެ. އަދި ކުރިޔަށް އޮތްތަނުގައި ބަޖެޓު ތަންފީޒު ކުރެވެމުންދާއިރު، މިހާރަށްވުރެ ރަނގަޅަށް ރައްޔިތުންނާއި މަޝްވަރާކުރެވިގެން ކުރިޔަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ކައުންސިލަރުންގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.

‎"ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީޤުކުރައްވާފައެވެ. ޤާނޫނު އަސާސީއަށް ގެނައި މި އިޞްލާޙާއެކު، ދިވެހިރާއްޖޭގެ ދާއިރާތައް ހިންގުމަށް އަންނަ ބޮޑު ބަދަލުގެ ތެރެއިން އިދާރީ ދާއިރާތަކުގެ ހިންގުމުގައި ކުރިމަތިވެދާނެ ގިނަ ގޮންޖެހުންތަކުގެ މައްޗަށް މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވެއެވެ.

Advertisement

އެގޮތުން ކައުންސިލްތަކަށް އަލަށް ލިބިގެންދާ ބާރުތަކާއި އިޙްތިޔާރުތަކުގެ އިތުރުން ކައުންސިލްތަކަށް އެކަށައެޅޭ ބަޖެޓުގެ ތެރެއިން ދާއިރާގެ ތަރައްޤީއަށް ބޭނުންވާ މަޝްރޫޢުތައް ހިންގުމުގައި ކުރިމަތިވެދާނެ ބައެއް ގޮންޖެހުންތަކުގެ މައްޗަށް މަޝްވަރާކުރެވި ޚިޔާލު ބަދަލުކުރެވިފައިވެއެވެ.

‎މުޅި ރާއްޖޭގައި ކުރިޔަށްގެންދާ ތަރައްޤީގެ އެންމެހާ މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު އެއްތަނަކުން ހޯދޭނެގޮތަށް ފަރުމާކުރެވިފައިވާ "އައިލްސް" ވެބްސައިޓް ވަނީ މި ބައްދަލުވުމުގައި އިފްތިތާޙު ކޮށްފައެވެ. މިއަދުން ފެށިގެން މި ވެބްސައިޓު މެދުވެރިކޮށް ރާއްޖޭގައި ކުރިޔަށްގެންދާ އެންމެހާ މަޝްރޫޢުތަކާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ލިބެން ހުންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. އެންމެން ގުޅިގެން ތަރައްޤީގެ މަގުގައި މަސައްކަތް ކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

‎މި ބައްދަލުވުމުގެ ސެޝަންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް، ކައުންސިލަރުންގެ ސުވާލުތަކަށް ޖަވާބުދެއްވާ، ސެޝަންތަކުގެ އެކި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް