Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 17:55
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު- އަންހެނުން ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު- އަންހެނުން ބާރުވެރި ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ
ޔޫސުފް ސޮފްވާން ރަޝީދު
ކައުންސިލް އިންތިޚާބު 2020
ރަށްރަށުގަ އިންތިޚާބު ކުރެވޭ މަގާމުތަކަށް ފިރިހެނުންނަށް ވުރެ އަންހެނުން އިތުރުވާނެ!
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ގެނައުމުގެ ބިލް ވަނީ އިއްޔެ ތަސްދީގު ކުރައްވާފަ
އަންނަ އޭޕްރީލް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބާއެކު އަންހެނުންގެ ކޮމެޓީއަށް ވެސް މެމްބަރުން އިންތިހާބު ކުރެވޭނެ
ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ 33 ޕަސެންޓްގެ އިތުރަށް ވެސް އަންހެނުންނަށް ވާދަ ކުރުމުގެ ފުރުސަތު ލިބިގެންދޭ

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ އިޞްލާޙުތަކާއެކު ރަށްރަށުގައި އިންތިޚާބު ކުރެވޭ މަޤާމުތަކުގައި ފިރިހެނުންނަށްވުރެ އަންހެނުން އިތުރު ވެއްޖެ އެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު މުހިއްމު ބަދަލުތަކުގެ ތެރޭގައި ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމުގެ އިތުރުން، އަންހެނުން ބާރުވެރި ކުރުވުމަށް އިސްކަމެއް ވަނީ ދީފަ އެވެ.

އެގޮތުން، އަންހެން ބޭފުޅުންނަށް މިހާރަށްވުރެ އިތުރު ފުރުޞަތުތައް އެޤާނޫނުގެ ދަށުން ވަނީ ފަހިކޮށްދީފަ އެވެ. ކައުންސިލުތަކުގެ 33 އިން ސައްތަ އަންހެނުންނަށް ޚާއްޞަކޮށްފައިވާއިރު، ކައުންސިލަރުންގެ މަޤާމާއި ކައުންސިލްގެ ރައީސްގެ މަޤާމަށްވެސް ކުރިމަތި ލުމުގެ ފުރުޞަތު އަންހެން ބޭފުޅުންނަށް ލިބިގެންވެއެވެ.

Advertisement

އެހެންކަމުން ކޮންމެ ރަށު ކައުންސިލަކާއި ސިޓީ ކައުންސިލެއްގައި މަދުވެގެން 33 އިން ސައްތަ ތަމްސީލު ކުރާނީ އަންހެން ކަނބަލުން ނެވެ. މީގެ އިތުރުން ކޮންމެ ރަށެއްގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ވެސް ފަސް މެންބަރުން އިންތިޚާބު ކުރެވިގެންދާނެ އެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުވެސް ކުރިއަށްދާނީ ލޯކަލް ކައުންސިލްގެ އިންތިޚާބާއެކުގަ އެވެ.

މީގެ ނަތީޖާއަކީ، މީހުން ދިރިއުޅޭ 179 ރަށާއި 3 ސިޓީގައި، މަދުވެގެން 384 އަންހެން ބޭފުޅުން ކައުންސިލުތަކަށް އިންތިޚާބު ކުރެވިގެންދާނެ އެވެ. އަދި އަންހެނުންގެ ކޮމިޓީތަކަށް 929 އަންހެން ބޭފުޅުން އިންތިޚާބު ކުރެވިގެންދާނެ އެވެ. މި ޢަދަދުތަކަށް ބަލާއިރު، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި، ޖުމްލަ 1313 އަންހެން ބޭފުޅުން، އިންތިޚާބީ މަޤާމުތަކުގައި ރަށްރަށުގައި ތިއްބަވާނެ އެވެ. މިއީ، އިންތިޚާބު ކުރާ ޢަދަދު، ފިރިހެން ބޭފުޅުންނަށްވުރެ އިތުރު ޢަދަދެކެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ އެ އިޞްލާޙާއެކު، ރައްޔިތުންގެ ފައިސާގެ ވަރަށް ބޮޑު ބައެއް، ކައުންސިލްތަކާ ޙަވާލުކުރެވިގެންދާނެ އެވެ. އަދި ރައްޔިތުންގެ ތަރައްޤީއަށް ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް ކައުންސިލްތަކާ ޙަވާލުކުރެވިގެންދާނެ އެވެ. ރައްޔިތުންގެ މައްޗަށް ބަސް ބުނެ، ގޮތް ނިންމުމުގެ ބާރު ވެސް ކައުންސިލްތަކަށް ލިބިގެން ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް