Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 15:26
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ހެލްތު މިނިސްޓްރީ
ހެލްތް މިނިސްޓްރީ
އޯއައިސީގެ ހެލްތު މިނިސްޓަރުންގެ ބައްދަލުވުމުގަ މިނިސްޓަރު އަމީން ބައިވެރިވެވަޑައިގެންފި
މިބައްދަލުވުން ކުރިއަށް ދަނީ މިމަހުގެ 15 އިން 17 އަށް
ސިއްހީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅިގެންދާނެ
އެކިގައުމުތަކުގެ ހެލްތް މިނިސްޓަރުންނާއި، ފަންނީ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހެލްތު މިނިސްޓަރުންގެ ހަތް ވަނަ ބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަބްދުﷲ އަމީން ބައިވެރިވެވަޑައިގެންފިއެވެ.

އެކުވެރި އަރަބި އިމާރާތް(ޔޫ.އޭ.އީ)ގެ ވެރިރަށް އަބޫދާބީގައި މިމަހުގެ 15 އިން 17 އަށްކުރިއަށްދާ މިބައްދަލުވުމުގައި އޯއައިސީ މެންބަރ ޤައުމުތަކުގެ ހެލްތު މިނިސްޓަރުންނާއި ޞިއްޙީ ދާއިރާގެ ފަންނީ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ބައްދަލުވުމަކީ "ކުއަލިޓީ އޮފް ލައިފް" މި ޝިއާރުގެ ދަށުން އޯއައިސީގެ މެންބަރ ޤަމުތަކުގެ ޞިއްހީ ޙާލަތު ވަޒަންކޮށް، އޯއައިސީ ސްޓްރެޓީޖިކް ހެލްތު ޕްރޮގްރާމް އޮފް އެކްޝަން (OIC-SHPA 2014-2023) ތަންފީޒު ކުރާ މިންވަރު ބެލުމުގެ މަޤުޞަދުގައި ކުރިއަށްދާ ބައްދަލުވުމެކެވެ. އަދި މި ބައްދަލުވުން މެދުވެރިކޮށް އޯއައިސީގެ މެންބަރ ޤައުމުތަކުގެ ޞިއްޙީ ހާލަތު ރަނގަޅު ކުރުމަށް ފިޔަވަޅު އެޅިގެންދާނެއެވެ.

Advertisement

ހެލްތު މިނިސްޓްރީން ބުނީ މިއަހަރުގެ ބައްދަލުވުމުގައި އެންޓިވެކްސް ކެމްޕެއިންއާއި ގުޅިގެން މެންބަރ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި މެންބަރ ޤައުމުތަތުގެ ސަމާލުކަމަށް މިކަން ގެނެސް މިކަމަށް ޙައްލުހޯދުމަށް ހުރިހާ ޤައުމުތަކުން އެއްބާރުލައިގެން މަސައްކަތް ކުރުމަށް އެދި ރާއްޖެއިން ތައްޔާރުކޮށްފައިވާ ރިސޮލިއުޝަން މިނިސްޓަރު އަމީން ހުށައެޅައިދެއްވާނެ ކަމަށެވެ.

އޯއައިސީގެ 6 ވަނަ އިސްލާމިކް ކޮންފަރަންސް އޮފް މިނިސްޓަރސް އޮފް ހެލްތު (އައި.ސީ.އެޗް.އެމް) މީގެ ކުރިން ބާއްވާފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުގައި ސައޫދީ އަރަބިއްޔާގެ ޖިއްދާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް