Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 13:50
ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
އަމާޒަކީ ވިޔަފާރީގެ ވަސީލަތްތައް ހޯދައިދީ ރަށްތައް ތަރައްގީ ކުރުން: ރައީސް ސޯލިހު
ލާމަރުކަޒީ ނިޒާމު ފުރިހަމަ ކުރާނަން
ރަށްރަށަށް ފުދުންތެރިކަން ބަދަލުކުރާނަން
ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ

މިސަރުކާރުން ޚާއްސަ ސަމާލުކަމެއްދީގެން މަސައްކަތް ކުރަނީ އަތޮޅު ތެރޭގެ ރަށްތަކަށް ވިޔަފާރީގެ ވަސީލަތްތައް ހޯދަދީ އެރަށްތައް ތަރައްގީ ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

"ވިޔަވަތި ރާއްޖޭ"ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރަށްރަށުގެ އިގްތިސާދާ މާލޭގެ އިގްތިސާދަށް ބަލާއިރު، ތަފާތު ވަރަށް ބޮޑު ކަމަށާއި، ތަފާތު ބޮޑުވެގެން ދިޔައީ ވެސް ސަރުކާރުތަކުން މަސައްކަތް ކުރި ގޮތުން ކަމަށެވެ.

Advertisement

ރައީސް ސޯލިހު ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ އޭރުގެ ސިޔާސަތުތައް ބަދަލުކޮށް، ލާމަރުކަޒީ ނިޒާމު ފުރިހަމަކޮށް، ރަށްރަށަށް ފުދުންތެރިކަން ބަދަލުކުރަން ކަމަށެވެ. އަދި ވިޔަފާރީގެ ވަސީލަތްތައް ހޯދައިދީ ރަށްތައް ތަރައްގީ ކުރުމަށް މަސައްކަތްތައް ކުރަމުން ގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެން ނަމަވެސް މީގެ ކުރީގެ އަހަރުތަކަށް ތަންކޮޅެއް ކުރިއަށް ޖެހިލާ ބަލާއިރު ފުރަތަމަ ގާނޫނު އަސާސީ ތަސްތީގު ކުރެވުމާއި ގުޅިގެން ރަށްރަށުގެ އިގްތިސާދަށް ގުޅިގެން އެބަހުރި ގާނޫނުތަކެއް އޭރު ފާސްކޮށްފައި. އާންމުދަނީ ހޯދުމަށް އެބަހުރި ގާނޫނުތަކެއް ފާސްކޮށްފައި. އަދި ރަށްރަށުގެ ރަށު ކުރިއަރުވާ ކޮމެޓީއެއް ނޫން އޭރު އޮންނާނީއެއް. އެހެން ނަމަވެސް އެތަންތަނަށް އާމްދަނީ ލިބޭނެ ގޮތްތައް ޓެކްސް ތާއާރަފްކުރެވިފައި އެބަހުރި އޭރުގަ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އެވޭލާ ޒަމާނުގައި މާލޭގައި މަގުތަކުގައި ގެންގުޅޭ ގެރި ބަކަރިން ޓެކްސް ނެގި ކަމަށާއި، އެޓެކްސް ނަގަމުންދިޔައީ މަގުތައް ސާފުކޮށް ރަނގަޅަށް ބެލެހެއްޓުމަށް ކަމަށެވެ. އަދި ރަށްރަށުގައި ރާވެރިކަން ކުރާ މީހުންނާއި، ދަނޑުވެރިކަން ކުރާ މިހުންނާއި، މަސްވެރިން ކުރާ އޮޑިދޯނި ފަހަރުން ޓެކްސް ނެގި ކަމަށެވެ.

އެހެންކަމުން އެރަށްތަކުގެ އުމްރާނީ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށެވެ. ނަމަވެސް މިއުސޫލުތައް ބަދަލުވެގެން ދިއުމާއެކު ތަރައްގީ ވެސް ހުއްޓިގެން ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް