Advertisement
ކ. މާލެ
|
16 ޑިސެންބަރ 2019 | ހޯމަ 09:15
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް
އެމްޑީޕީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް
އަބުދުﷲ ނަސީރު އިބްރާހިމް
މާލެ ސިޓީ މޭޔަރު
މާލެ ސިޓީގެ މޭޔަރު ކަމަށް އަފްޝަން ކުރިމަތިލަނީ
ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމުގެ އުންމީދު އާވެގެން ހިނގައްޖެ ކަމަށް އަފްޝަން ވިދާޅުވި
އުއްމީދަކީ ޖަޒީރާ ރާއްޖެއާއި އެޖެންޑާ 19ގެ ސިޔާސަތުތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލްކުރުން ކަމަށް ވިދާޅުވި
އޭނާ ވަނީ 2008 ވަނަ އަހަރު ރައީސް އޮފީހުގައި ޑެޕިއުޓީ އަންޑަރސެކްރެޓަރީއެއްގެ މަޤާމު ފުރުއްވާފަ

މާލޭ ސިޓީގެ މޭޔަރކަމުގެ މަގާމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަފްޝަން ލަތީފް ކުރިމަތިލެއްވުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވެއްޖެއެވެ.

Advertisement

މިކަމާއި ގުޅިގެން އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި އަފްޝަން ކުރެއްވި ޓްވީޓުގައި ވަނީ ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ މުހިންމު އިސްލާހުތައް އާދީއްތަ ދުވަހު ތަސްދީގުވެގެން ދިއުމުން ދިވެހިރާއްޖެގައި ހަގީގީ ލާމަރުކަޒީ ނިޒާމެއް ގާއިމްކުރުމުގެ އުންމީދު އާވެގެން ހިނގައްޖެކަމަށާއި އެ އުންމީދާއި އެކު މާލެ ސިޓީގެ މޭޔަރ ކަމުގެ މަގާމަށް ވާދަކުރައްވަން ވިސްނާާކަމަށެވެ.

މީގެ އިތުރުން އަފްޝަން ވިދާޅުވީ އޭނާގެ އުންމީދަކީ މާލޭ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ހިތްފަސޭހަކަމާއި، ހިތްހަމަޖެހުމާއި ރައްކާތެރިކަމާާއި އެކު ދިރިއުޅެވޭނެ މާހައުލެއް ޔަގީންކޮށްދިނުން ކަމަށެވެ. އަދި ޖަޒީރާ ރާއްޖެއާއި އެޖެންޑާ 19ގެ ސިޔާސަތުތަކުގެ ތެރެއިން ދުރުރާސްތާާއަށް އަމާޒުކޮށް ދެމެހެއްޓެނިވި ތަރައްގީއެއް ހާސިލްކުރުންކަމަށް އަފްޝަންގެ ޓްވީޓުގައި ވެއެވެ.

އަފްޝަން ލަޠީފަކީ އޮސްޓްރޭލިއަން ނޭޝަނަލް ޔުނިވާސިޓީން އިންޓަނޭޝަނަލް ރިލޭޝަންސް އަދި ޕޮލިޓިކަލް ސައިންސްގެ ދާއިރާއިން މަތީ ތަޢުލީމް ޙާސިލްކުރައްވައި މަދަނީ އަދި ސިޔާސީ އެކިއެކި ކަންކަމުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ކަނބަލެކެވެ. އޭނާ ވަނީ 2008 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޑެޕިއުޓީ އަންޑަރސެކްރެޓަރީއެއްގެ މަޤާމު ފުރުއްވާފައެވެ. އަދި 2012 ވަނަ އަހަރު ސަރުކާރު ބަދަލުވުމާއެކު ރައީސް އޮފީހުން އިސްތިއުފާ ދެއްވައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އަފްޝަން ޢަމަލީގޮތުން މަސައްކަތް ކުރެއްވިއެވެ. އެއަށްފަހު 2016 ވަނަ އަހަރު މާލެ ސިޓީގެ މައްޗަންގޮޅި ދާއިރާއިން ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީއަށް ހޮވިވަޑައިގެން އަންހެނުންގެ ކުރިއެރުމަށް ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި އދ. އާއިއެކު އެކިއެކި ޕްރޮގްރާމްތައް ހިންގެވުުމުގައި މަސައްކަތް ކުރައްވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް