Advertisement
ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 18:49
ވިއަވަތި ރާއްޖެ
ވިއަވަތި ރާއްޖެ
ޔޫސުފް ސޮފްވާން ރަޝީދު
މިއަވަތި
"ވިއަވަތި ރާއްޖެ"ގެ ފުރަތަަމަ ދުވަސް ނިންމާލައިފި
މި މަހާސިންތާ ބާއްވަނީ ކްރޮސްރޯޑްސް މޯލްޑިވްސްގައި
މިމަޝްވަރާ ބައްދަލުވުމުގައި 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެފައިވޭ
މި މަހާސިންތާގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ވަނީ ތަސްދީގު ކުރައްވާފަ

"ވިއަވަތި ރާއްޖެ"ގެ ނަމުގައި ހުރިހާ ކައުންސިލްތަކުން ބައިވެރިވާ މަހާސިންތާގެ ފުރަތަމަ ދުވަސް ނިންމާލައިފިއެވެ.

Advertisement

ދެ ދުވަހަށް ކުރިއަށްދާ މި މަހާސިންތާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވާއިރު މިމަޝްވަރާ ބައްދަލުވުމުގައި 200 އަށް ވުރެ ގިނަ ކައުންސިލަރުން ބައިވެރިވެފައިވެއެވެ. ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލަތަކުގެ ރައީސުންގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މޭޔަރުން ވަނީ މި މަހާސިންތާގައި ބައިވެރިވެފައެވެ.

މި މަހާސިންތާގައި ރައީސް ވަނީ ލޯކަލް ކައުންސިލްތަކަށް ބާރު ދޭން ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތައް ތަޞްދީޤު ކުރައްވާފައެވެ. އަދި ތަޞްދީޤު ކުރެއްވި ގަލަންކޮޅު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ހަދިޔާކުރައްވާފައިވެއެވެ.

މި މަހާސިންތާގައި މިއަދު ވަނީ ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާޙުތަކާއި އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ކައުންސިލަރުންގެ އެކި އެކި ސުވާލުތަކަށް ޖަވާބުދެއްވުމަށް ޕެނަލްއެއް އެކުލަވާލެވުނެވެ. މި ޕެނަލްގައި ހިމެނިވަޑައިގެންނެވީ ރައީސް ޞާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ، ޑރ. މުޞްޠަފާ ލުޠުފީގެ އިތުރުން އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓު، މުޙައްމަދު ޝިހާބެވެ.

އާދީއްތަ ދުވަހު ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދައުލަތުގެ ވަޒީރުންވެސް ބައިވެރިވެވަޑައިގަންނަވާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް