Advertisement
ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 17:23
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރަޢީސް މުހައްމަދު ނަޝީދު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރަޢީސް މުހައްމަދު ނަޝީދު
މަޖިލިސް
ރައީސް ޞާލިހު
ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން: ރައީސް ޞާލިހު
ލާމަރުކަޒީ ގާނޫނު ވަނީ ތަސްދީގު ކޮށްދެއްވާފައި
އެގާނޫނުން ބޮޑެތި ބާރުތަކެއް ކައުންސިލްތަކަށް ލިބޭ
މާލީ ބާރުވެރިކަމާއި، އަންހެނުން ބާރުވެރިކުރުމަށް ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދޭ

ވެރިކަމުގެ ބާރުތައް މުށުތެރެއަށް ލުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ.

Advertisement

ކޮރޮސް ރޯޑްގައި އާދިއްތަ ދުވަހު ބޭއްވި "ވިއަވަތި ރާއްޖެ" މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ވެރިކަމުގެ ލައްޒަތާއި ޖާހަތު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށް ލުމަކީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫންކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"އަޅުގަނޑު މިއަދުވެސް ތިބޭފުޅުންނަށް ޔަގީންކޮށް އަރުވަން ބޭނުންވަނީ ވެރިކަމުގެ ލައްޒަތާއި ޖާހަތު މަތިކުރުމަށްޓަކައި، ބާރުތައް މުށުތެރެއަށް ލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫނޭ. ބާރުތައް މުށުތެރެއަށް ލުމަކީ ވެރިކަން ކުރުމަށް ވަރަށް ފަސޭހަ ގޮތަކަށް ވެދާނެ، އެހެންނަމަވެސް އެއީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއް ނޫން. ސަރުކާރު ހިންގުމުގައިވެސް އަޅުގަނޑު މިގެންގުޅެނީ އެއުސޫލް. މިނިސްޓްރީތަކަށް، މިނިސްޓަރުންނަށް ބާރުތައް ދޫކޮށްލައި، މަސައްކަތްކުރުމުގެ އިހުތިޔާރު ދިނުން،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

މިއަދަކީ ވަރަށް އުފާވެރި، އަދި އެހާމެ ހިތްމަޖެހުން ލިބޭ ދުވަހެއްކަމަށް ވިދާޅުވެ، ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމަށް ކުރެއްވި ކެމްޕެއިންގެ ތެރެއިން ރައްޔިތުންނަށް ވީ އެންމެ ބޮޑު އެއް ވަޢުދު ފުއްދުމަށްޓަކައި، އެމަސައްކަތް ކުރެވެމުންދާ ދުވަސްކަމަށެވެ.

"އާދެ، މިއަދަކީ އަޅުގަނޑަށް ވަރަށް އުފާވެރި ދުވަހެއް. ވަރަށް އާދަޔާ ހިލާފު އުހުސާސްތަކެއް ކުރެވޭ ދުވަހެއް. މިއަދަކީ އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ވެސް ލިބޭ ދުވަހެއް. އަޅުގަނޑުމެން ވެރިކަމަށް އަންނަން ރައްޔިތުންނަށްވި ވައުދުތަކުގެ ތެރޭގައި ވީ އެންމެ ބޮޑު އެއް ވައުދަކީ މިރާއްޖެ ތަރައްގީ ކުރެވޭނީ ޖަޒީރާ ވަންތަ ރާއްޖެއެއްގެ ގޮތުގައި ކަމަށް ބުނިބުނުން. މިރާއްޖޭގެ ރައްޔިތުންނަށް ހިތްހަމަ ޖެހިލައިގެން އުފާވެރިކަމާއެކުގައި އުޅެވޭނީ އަޅުގަނޑުމެންގެ ރަށްތައް ތަރައްގީ ކުރެވިގެން ކަމަށް ދެއްކި ވާހަކަ،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވަނީ ލާމަރުކަޒީ ޤާނޫނަށް ސަރުކާރުން ހުށަޖެޅި އިޞްލާޙު ގެނައުމުގެ ބިލު މިރަސްމިއްޔާތުގައި ތަޞްދީޤު ކުރައްވާފައެވެ.

"އާދެ، ފުރިހަމަ މާނާގައި، ދިވެހިރާއްޖެ ލާމަރުކަޒީ ކުރުމުގެ މަސައްކަތް ފެށިގެން މިދިޔައީ. އަޅުގަނޑުމެންނަށް ބުނެވިދާނެ މީގެކުރިން ދިވެހިރާއްޖެ އޮތީ، ލާމަރުކަޒީ ކުރެވިފައޭ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާނީ އޭރު އޮތީ ކައުންސިލްތަކުގެ އަތްފައި ބަނދެފައޭ،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހު ވިދާޅުވީ ލާމަރުކަޒީ ޤާނޫނަކީ ވަރަށް ގިނަ މަޝްވަރާތަކަކާއި ވަރަށް ގިނަ ދިރާސާތަކަކާއި އަދި ވަރަށް ގިނަ ތަޖުރިބާތަކަކަށްފަހުގައި އެކުލަވާލެވުނު ޤާނޫނެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް