Advertisement
ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 13:09
ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށް އެތެރެވާން އުޅެނިކޮށް ހިފެހެއްޓި މީހާ
ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށް އެތެރެވާން އުޅެނިކޮށް ހިފެހެއްޓި މީހާ
އިމިގްރޭޝަން
އިމިގްރޭޝަން
ނަކަލުކޮށްފައިވާ ޕާސްޕޯޓެެއް ބޭނުންކޮށް ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި
މިހާތަނަށް 12 މީހަކު ވަނީ ޕާސްޕޯޓް ކައުންޓަރޕިޓް ކޮށް އެތެރެވާން އުޅެނިކޮށް ހިފަހައްޓާފައި
މި މީހާ ހުއްތުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު
ހިފަހައްޓާފައިވަނީ 31 އަހަރުގެ ބިދޭސީ ފިރިހެނެއް

ނަކަލުކޮށްފައިވާ ޕާސްޕޯޓެެއް ބޭނުންކޮށް ރާއްޖެއަށް އެތެރެވާން އުޅުނު މީހަކު އިމިގްރޭޝަން ބޯރޑަރ ސެކިއުރިޓީން ހިފަހައްޓައިފިއެވެ.

Advertisement

މޯލްޑިވިސް އިމިގްރޭޝަނުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ކައުންޓަރޕިޓް ނުވަތަ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓްއިން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރީ 31 އަހަރުގެ ބިދޭސީ ފިރިހެނަކު ކަމަށެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަނުން ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ ޑިސެމްބަރު މަހުގެ 12 ވަަނަ ދުވަހުގައި ކަމަށާއި އިމިގްރޭޝަންގެ ގަވާއިދާއި އެއްގޮތަށް އެމީހާ އަނބުރާ ރާއްޖެއިން ފޮނުވާލާފައިވާކަމަށެވެ.

އިތުރަށް މައުލޫމާތުދެމުން އިމިގްރޭޝަނުން ބުނެފައިވަނީ އެމީހާއަކީ ކޮން ގައުމެއްގެ މީހެއްކަން އަދި ހާމަކުރެވެން ނެތްކަމަށާއި ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްފިނަމަ ރާއްޖެ އެތެރެވެވޭނެ އެއްވެސް އަސާސެއް ނެތްކަމަށެވެ.

އަހަރުގެ މިހާތަނަށް ނަކަލުކޮށްފައިވާ ޕާސްޕޯޓް ބޭނުންކޮށްގެން ނުވަތަ އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު 12 މީހަކު ވަނީ ހިފަހައްޓައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް