Advertisement
ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 12:44
ފީޖީގެ ފިޝަރީޒް މިނިސްޓަރ ރާއްޖެއަށް ވަޑައިގެން
ފީޖީގެ ފިޝަރީޒް މިނިސްޓަރ ރާއްޖެއަށް ވަޑައިގެން
ފިޝަރީސް މިނިސްޓްރީ
އިންފޯފިޝް ގަވަރނިންގް ކައުންސިލް
އިންފޯފިޝް ގަވަރނިންގް ކައުންސިލްގެ ބައްދަލުވުމަށް ފީޖީގެ ފިޝަރީޒް މިނިސްޓަރ ރާއްޖެއަށް
ސެމީ ރާއްޖެ ވަޑައިގަތީ ހޮނިހިރު ދުވަހު
ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށް

އިންފޯފިޝް ގަވަރނިންގް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފީޖީގެ ފިޝަރީޒް މިނިސްޓަރ ސެމީ ކޮރޮއިލަވެސައު ރާއްޖެ ވަޑައިގަންނަވައިފިއެވެ.

ސެމީ ރާއްޖެ ވަޑައިގަތީ ހޮނިހިރު ދުވަހުއެވެ.

Advertisement

ފިޝަރީޒް މިނިސްޓްރީން ބުނީ 34 ވަނަ އިންފޯފިޝް ގަވަރނިންގް ކައުންސިލްގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 16 އިން 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މި އަހަރު މި ކައުންސިލްގެ ރިޔާސަތު ބެލަހައްޓާނީ ރާއްޖެއިންނެވެ.

އިންފޯފިޝް އަކީ ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމުއިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއި އެކު ހިންގާ ސަރަހައްދީ މެމްބަރު ގައުމުތައް ތަމްސީލުކުރާ ޖަމުއިއްޔާއެކެވެ. މި ޖަމިއްޔާގައި 13 ގައުމެއް އެކުލެވޭއިރު އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ގައުމުތަކުގެ މަސްވެރިކަމާއި އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަގުވާމީ ވިޔަފާރި ފުޅާ ކުރުމަށް އެހީތެރިވެދީ، މާރކެޓްތަކާއި ގުޅުވައިދިނުމަށް މަގު ފަހި ކޮށްދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް