Advertisement
ކ. މާލެ
|
15 ޑިސެންބަރ 2019 | އާދީއްތަ 09:09
ކެރެލާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކޭ.ޓީ ޖަލީލް
ކެރެލާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކޭ.ޓީ ޖަލީލް
ފޭސްބުކް
އިންޑިއާ - ރާއްޖެ
ކެރެލާއަށް ކިޔަވަންދާ ދަރިވަރުން އިތުރު ކުރުމަށް، މިނިސްޓަރު ރާއްޖެއަށް
ހުރިހާ ހަރަދެއް ބަލަހައްޓާނީ ކެރެލާ ސަރުކާރުން
ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް ކެރެލާގައި ތައުލީމް ހާސިލްކުރޭ

އިންޑިއާގެ ކެރެލާ ސްޓޭޓަށް މަތީ ތައުލީމް ހާސިލްކުރަންދާ ދިވެހި ދަރިވަރުން އިތުރުކުރުމަށް، އެ ސްޓޭޓްގެ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ކޭ.ޓީ. ޖަލީލް ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ކެރެލާގެ މާލީހާލާތު އަޑިއަޅާލާފައިވާއިރު، ސަރުކާރުގެ ހަރަދުގައި ޖަލީލް ބޭރު ގައުމުތަކަށް ރަސްމީ ދަތުރުތައް ކުރައްވަމުން ގެންދަވާތީވެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

ކެރެލާގެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އޭނާއާއެކު، ހަޔަރ އެޑިއުކޭޝަން ޑިޕާޓްމެންޓުގެ ޕްރިންސިޕަލް ސެކެރެޓަރީ އާއި ޓެކްނިކަލް ޔުނިވަސިޓީގެ ޕްރޯ - ވައިސް ޗާންސެލަރ އަދި އައިއޭސީޓީއީގެ ޑިރެކްޓަރގެ އިތުރުން އޭސްއޭޕީގެ މަންދޫބުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

Advertisement

ޖަލީލްގެ ދަތުރުފުޅުގެ ފްލައިޓުގެ ހަރަދާއި، އެކޮމޮޑޭޝަނާއި، ޓްރާންސްޕޯޓްގެ ހުރިހާ ހަރަދެއް ބަލަހައްޓާނީ ކެރެލާ ސަރުކާރުންނެވެ.

ކެރެލާ ސަރުކާރުން ބުނީ، މިނިސްޓަރުގެ ވަފުުދުގެ ބޭފުޅުން ރާއްޖޭގެ ދަރިވަރުންނަށް އިންޖިނިއަރިން، އާޓްސްގެ އިތުުރުން ސައިންސްގެ ކޮލެޖްތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ބެހޭގޮތުން ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ އަށް ގުޅާލުމުން ބުނީ، އެ މައުލޫމާތުތައް ފަހުން ހާމަކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް
15 ޑިސެންބަރ 2019 | އާދީއްތަ 12:16
މަރީ
ދިވެހިންނަށް ސައިންސް އާއި ވޮކޭޝަނަލް ޓްރައިނިންގ ކިޔަވައިދޭންޖެހޭ، ދަރިވަރުންނަށް ކެރެލާއިން ފުރުސަތު އިތުރުވެއްޖިޔާ ކުޑަހަރަދަކުން ރަގަޅު ތައްލީމެއް ހާސިލްވާނެކަން ޔަގީން.