Advertisement
ކ. މާލެ
|
14 ޑިސެންބަރ 2019 | ހޮނިހިރު 12:43
މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
ސިމާހާ ނަސީމް
ޤައުމީ އެއާރލައިން މޯލްޑިވިއަން
މޯލްޑިވިއަންއިން އައްޑޫ އާއި ހުވަދޫއާ ދޭތެރޭ ސީދާ ދަތުރު ފަށަނީ
ޗުއްޓީއަށް ދިމާކޮށް މޯލްޑިވިއަނުން ޝެޑިއުލް ފްލައިޓްތައް އިތުރުކޮށްފައިވޭ
ހަތް ސެކްޓަރއަށް ފްލައިޓް ތައް އިތުރު ކޮށްފައިވޭ
ބައެއް ފްލައިޓްތަކުން އެންމެ އަގު ހެޔޮ ފެއަރ ވެސް ވަނީ ތަޢާރަފު ކޮށްފަ

ގައުމީ އެއަރލައިން މޯލްޑިވިއަންއިން އައްޑޫ އާއި ހުވަދޫއާ ދޭތެރޭ ސީދާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

Advertisement

އެކަމާއި ގުޅޭގޮތުން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނީ، 15 ޑިސެމްބަރު ވާ އާދިއްތަ ދުވަހުން ފެށިގެން އައްޑޫ އާއި ހުވަދޫއާއި ދެމެދު މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓްތައް ފެށިގެންދާނެ ކަމަށެވެ.

އޭގެ އިތުރުން، ބޮޑު ޗުއްޓީއާ ދިމާކޮށް މޯލްޑިވިއަނުން ޝެޑިއުލް ފްލައިޓްތައް އިތުރު ކޮށްފައިވާއިރު، ބައެއް ފްލައިޓްތަކުން އެންމެ އަގު ހެޔޮ ފެއަރ ވެސް ވަނީ ތަޢާރަފު ކޮށްފައެވެ. އެގޮތުން ޖުމްލަ ހަތް ސެކްޓަރއަށް މި ފެއަރތަކުގައި ފްލައިޓްތައް އިތުރު ކޮށްފައިވެއެވެ.

ބޮޑު ޗުއްޓީއަށް ރާއްޖެއިން ބޭރަށް ދާ ފަރާތްތައްވެސް އިތުރުވެފައިވާއިރު، މޯލްޑިވިއަނުން ދަނީ އިންޑިއާގެ ތްރިވަނަންތަޕޫރަމާއި، ޗެންނާއި އަދި ބަންގްލަދޭޝް ފަދަ ޤައުމުތަކަށް ދަތުރު ކުރަމުންނެވެ. ރާއްޖޭގެ ހުރިހާ ވައިގެބަނދަރަކަށް ދަތުރުކުރާ ހަމައެކަނި އެއަރލައިންއަކީވެސް މޯލްޑިވިއަންއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް