Advertisement
ކ. މާލެ
|
13 ޑިސެންބަރ 2019 | ހުކުރު 19:39
މާމިގިލި އެއަރޕޯޓް
މާމިގިލި އެއަރޕޯޓް
ހޮޓެލިއަރ މޯލްޑިވްސް
މާމިގިލި
ލޭންޑް ޔޫޒް ޕްލޭނާއި ހިލާފަށް ވިލާ ކުންފުންޏަށް ބިމެއް ދިން މައްސަލަ މަޖިލިހަށް!
ވިލާ ކުންފުންޏަކީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހިއްސާ އޮންނަ ކުންފުންޏެއް

ލޭންޑް ޔޫޒް ޕްލޭނާއި ހިލާފަށް މާމިގިލިން ވިލާ ކުންފުންޏަށް ބިމެއް ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމެޓީއަށް ހުށަހަޅައިފި އެވެ.

މި ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މާމިގިލި ރައްޔިތުންގެ ފަރާތުންނެވެ.

އެ ޕެޓިޝަންގައި ވަނީ ވިލާ ކުންފުނިން އދ. މާމިގިލީގައި ހިންގާ އެއާޕޯޓްގައި ފިއުލް ރައްކާކުރާ ތާންގީތަކެއް ބެހެއްޓުމަށްކަމަށް ބުނެ، އެ ރަށުގެ ބިމެއް ވިލާ އެއާޕޯޓްގެ ބައެއް ކަމުގައި ކަނޑައަޅައިފައިވާކަމަށެވެ. އަދި އެކަމަކީ ރަށުގެ ރައްޔިތުން ކަންބޮޑުވާ ކަމެއް ކަމަށާއި ރަށުގެ ބިން ބިޑަކާއި ނުލާ ވަކި ފަރާތަކަށް މަންފާވާގޮތަށް ދޫކުރަމުންގެންދާކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.

Advertisement

މީގެއިތުރުން މި ޕެޓިޝަންގައި ބުނެފައިވަނީ މާމިގިލީގެ ބިން ބިޑަކާއި ނުލާ ވިލާ ކުންފުންޏަށް ހަވާލުކުރަމުން އަންނަނީ މާމިގިލި ކައުންސިލްގެ މެމްބަރުން އިސްކޮށް ތިބެގެން ކަމަށާއި އެކަން ރަށުގެ ރައްޔިތުން ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ. އެހެންކަމުން މިކަންކަން ރައްޔިތުންގެ މަޖިލީހުން ހައްލުކޮށްދީ މާމިގިލީ ރައްޔިތިންގެ ގެއްލިފައިވާ ހައްގުތައް ހޯދައިދިނުމަށް މި ޕެޓިޝަނުގައި އެދިފައިވެއެވެ.

މާމިގިލި އެއަރޕޯޓް ހިންގަމުން އަންނަ ވިލާ ކުންފުންޏަކީ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ހިއްސާ އޮންނަ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
17 ޑިސެންބަރ 2019 | އަންގާރަ 13:26
ރައްޔިތުމީހާ
އެއީ އަހަރުމެންގެ ފަރާތުން ހުށައެޅި އެއްޗެއްނޫން އެއީ އެކިއެކި ކަންކަމުގައި އޮނަރަބަލް ގާސިމް އިބުރާހިމްގެ ފަރާތުން މާލީ ބޮޑެތި ފައިދާތަށް ހޯދައިގެންތިބެ އެމަނިކުފާނަށް ހަރާންކޯރުވާ ރީދޫ ބައިގަނޑުގެ މީހުންގެ ވަރަށް ފިޑި އަމަލެއް.