Advertisement
ކ. މާލެ
|
12 ޑިސެންބަރ 2019 | ބުރާސްފަތި 19:31
ރައީސް ސޯލިހުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް ސޯލިހުއާއެކު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
ރައީސް ޞާލިޙް
ހިންމަފުށީގެ ފެންފަށަލަ ތަޣައްޔަރުވެފައިވާތީ، ދިމާވާ ދަތިތައް ރައީސްއާ ހިއްސާކުރައްވައިފި
ސްކޫލުގެ ޖާގައިގެ ދަތިކަމުގެ މައްސަލައަށް ހައްލު ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވި
ސިއްޙީ ޚިދުމަތް އިތުރަށް ތަރައްގީކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާކުރެއްވި
ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތައް ވެސް ރައީސްގެ ސަމާލުކަމަށް ގެންނެވި

ކ. ހިންމަފުށީގެ ފެންފަށަލަ ތަޣައްޔަރުވެފައިވާތީ، ރައްޔިތުންނަށް ދިމާވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި ޙިއްޞާކުރައްވައިފިއެވެ.

ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ހިންމަފުށީގެ މިހާރުގެ ޙާލަތާއި، ރައްޔިތުންނަށް އެންމެ ބޮޑަށް ދަތިވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ކައުންސިލަރުން ރައީސް ޞާލިޙާއި ޙިއްޞާކުރެއްވިއެވެ.

އެގޮތުން، ރަށުގެ ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަސްކުރުމާ ބެހޭގޮތުންނާއި، ރަށުގެ ފެންފަށަލަ ތަޣައްޔަރުވެފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، ސްކޫލުގެ ޖާގައިގެ ދަތިކަމާއި، ކުނި މެނޭޖުކުރުމުގައި ދިމާވާ ދަތިތަކާއި، ސިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކުރުމާ ބެހޭގޮތުން ކައުންސިލަރުން ރައީސް ޞާލިޙާއި މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ.

Advertisement

މީގެއިތުރުން ވެސް ރަށުގެ ބަނދަރުބޮޑުކުރުމާއި މަރާމާތަށް ބޭނުންވާކަން ކައުންސިލަރުން ފާހަގަކުރެއްވިއެވެ. އަދި، ރަށުގައި އިޤްތިޞާދީ ކަންކަން އިތުރުކުރުމުގެ މުހިންމުކަން ކައުންސިލަރުން ފާހަގަ ކުރެއްވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކައުންސިލަރުން ފާހަގަކުރެއްވި މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. މީގެ އިތުރުން ކައުންސިލަރުން އެދިވަޑައިގެންނެވި މުހިންމު ކަންކަމަށް ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލު ހޯއްދަވައިދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
12 ޑިސެންބަރ 2019 | ބުރާސްފަތި 19:42
ތަޣައްޔަރު
ތަޣައްޔަރުކުރީ ކާކުބާ؟