Advertisement
ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 20:39
ދިވެހި ފުލުހުންގެ މައި އިދާރާ
ދިވެހި ފުލުހުންގެ މައި އިދާރާ
މޯލްޑިވްސް ޓައިމްސް
ފުލުހުން
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފި
ފިލާފައިވަނީ 34 ދިވެހި ފިރިހެނެއް
އޭނާ ހައްޔަރުކޮށްފައިވަނީ ވައްކަމުގެ މައްސަލައެއްގައި
އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން

އައްޑޫސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި މީހަކު ފިލައިފިއެވެ.

މީޑިއާތަކަށް މައުލުމާތު ދެއްވަމުން ފުލުހުން ބުނެފައިވަނި ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ބަންދުގައި ހުރި 34 އަހަރުގެ ދިވެހި ފިރިހެނަކު ފިލާފައިވާކަމަށެވެ. އަދި އެއީ ވައްކަމުގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަން މާލެ ފޮނުވުމަށްޓަކައި ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހެއްކަމަށެވެ.

Advertisement

ފުލުހުން ބުނެފައިވަނީ އެ މީހާާ ހޯދުމަށްޓަކައި އެ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް އެ މީހާ ފިލިގޮތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް