Advertisement
ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 20:06
ކުރިޔަށް އޮތް ދުވަސް ތަކުގައި މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރޭ
ކުރިޔަށް އޮތް ދުވަސް ތަކުގައި މޫސުން ގޯސްވާނެ ކަމަށް މެޓުން ލަފާކުރޭ
ޝުއައިބް މުހައްމަދު އިގްބާލް
މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް
ހަފްތާ ބަންދުގައިވެސް ވިއްސާރަ ކުރާނެ
ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ވިއްސާރާވެ ގުގުރާނެ
ވައިޖެހޭނީ ގަޑިއަކު 5 މޭލައި 15 މޭލައި ދެމެދު
މެޓުން ވަނީ ޔެލޯ އެލާޓް ނެރެފައި

ކުރިޔަށް އޮތް ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވެ ވިއްސާރަ ކުރާނެ ކަމަށް މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް (މެޓުން) ބުނެފިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ބުދަ ދުވަހު މެޓުން ވަނީ ޔެލޯ އެލާޓް ނެރެފައެވެ. ޔެލޯ އެލާޓް ނެރެފައިވާއިރު މާލޭގެ ބޮޑު ސަރަހައްދަކަށް ވާރޭވެހި ފެންބޮޑުވެފައިވެއެވެ.

މެޓުން ބުނީ، ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި، ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ، ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

Advertisement

ދެކުނުގެ އަތޮޅު ތަކަށް ހުޅަނގާއި ހުޅަނގު އުތުރުން، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ލަފާކުރެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވެއެވެ.

ހަފްތާ ބަންދުގައި މޫސުން ލަފާކުރާ ގޮތުގެ މައުލޫމާތު ރާއްޖެ.އެމްވީ އަށް މައުލޫމާތު ދެއްވަމުން މެޓްގެ އޮފިޝަލަކު ވިދާޅުވީ، މެދު ރާއްޖޭއާއި ދެކުނަށް ވިއްސާރަވެ އުތުރަށް ކެރި ގަދަވާނެ އެވެ. އަންނަ ހަފްތާގެ އާދިއްތަ އިން ފެށިގެން އަންގާރަ އަށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް ވައިގަދަ ވާނޭ ކަމަށްވެސް މެޓުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް