Advertisement
ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 18:57
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 28 ގައި
ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 28 ގައި
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް އަބްދުﷲ ޔާމީން
އިދިކޮޅުން ރައީސް ސޯލިހް އަރިހު އެދުނީ ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް!
ގާނޫނު އިމުގެ ތެރެއިން ކުރެވެން ހުރި ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި
ބައްދަލު ކޮށްފައިވަނީ އާދިއްތަ ދުވަހު
ޕީޕީއެމް/ޕީއެންސީން ދަނީ މެދު ނުކެނޑި މުޒާހަރާ ކުރަމުން

މި ހަފްތާގެ އާދިއްތަ ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވައި އެމަނިކުފާނުގެ އަރިހުން އެދިވަޑައިގެންނެވީ ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދެއްވުމަށް ކަމަށް ރާއްޖެ.އެމްވީ އަށް މައުލޫމާތު ލިބިއްޖެއެވެ.

ޔާމީންގެ މައްސަލާގައި އިދިކޮޅު ކޯލިޝަނުން ރައީސްއާއެކު ބޭއްވު ބައްދަލުވުމުގެ މައުލޫމާތު އެއްވެސް މީޑިއާ އަކާއި ހިއްސާ ކޮށްފައެއް ނުވެއެވެ.

Advertisement

އިތުބާރުހުރި މަސްދަރަކުން ރާއްޖެ.އެމްވީއަށް ކަށަވަރުކޮށްދީފައިވާގޮތުގައި ރައީސްއާ އެކު ބޭއްވި ބައްދަލުވުމުގައި އިދިކޮޅުން އެދުނީ ރައީސް ޔާމިން ގެއަށް ބަދަލު ކޮށްދެއްވުމަށެވެ. އަދި އެ ބައްދަލުވުމުގައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން ކުރެއްވެން ހުރި ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާކަން އެނގިފައިވެއެވެ.

ބައްދަލުވުން ކުރިއަށްގޮސްފައިވަނީ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ރައީސް ސޯލިހުއާ ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީސް ސަރަހައްދުގައި -- ފޮޓޯ: ޓުވިޓަރ

ރައީސް ޔާމީން ޖަލަށްލުމަށް ޙުކުމް ކުރުމާއި ގުޅިގެން، ޕީޕީއެމާއި ޕީއެންސީ ކޯލިޝަނަށް ތާއީދު ކުރާ ފަރާތްތަކުން ދަނީ ކޮންމެ ރެއަކުހެން މާލޭގައި މުޒާހަރާ ކުރަމުން ނެވެ.

މިދިޔަ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހު، ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށްވެސް ޙުކުމް ކޮށްފައި ވެއެވެ. އަދި އެފައިސާ 6 މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް ޙުކުމުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް