Advertisement
ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 17:40
މިނިސްޓަރު ޝާހިދު އިންޑިއާގެ ފޮރިން ސެކެރެޓަރީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
މިނިސްޓަރު ޝާހިދު އިންޑިއާގެ ފޮރިން ސެކެރެޓަރީއާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން
ހާރިޖީ ވުޒާރާ
ފޮރިން މިނސްޓަރު އަބްދުﷲ ޝާހިދު
ޕްރޮޖެކްޓްތައް އަވަސް ކުރުމާއި ބެހޭ ގޮތުން އިންޑިއާ މަޝްވަރާކޮށްފި
ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން ޝާހިދު ދެއްވި
އިންޑިއާ އިން ދޭ އެހީތަކަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި
ޝާހިދު އިންޑިއާ އަށް ވަޑައިގެންނެވީ މޯލްޑިވްސް – އިންޑިއާ ޖޮއިންޓް ކޮމިޝަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށް

ދިވެހިރާއްޖެއާ އިންޑިއާ ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތައް އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ބާއްވާފައިވާފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެގައުމުގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލްއާ ބުދަ ދުވަހު ބޭއްވެވި ބައްދަލުވުމެއްގައެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާ އެކިއެކި ޕްރޮޖެކްޓްތަކާއި ބެހޭ ގޮތުންނާއި، ޕްރޮޖެކްޓްތައް އަވަސްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

Advertisement

އެ ބައްދަލުވުމުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ ޝާހިދު ދިއްލީއަށް ވަޑައިގެންނެވުމުން މަރުޙަބާ ވިދާޅުވެ، ކުރިއަށް އޮތް ޖޮއިންޓް ކޮމިޝަން މީޓިންއާއި ބެހޭ މައުލޫމާތު ހިއްސާ ކުރައްވާފައވެެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އެކި ގޮތްގޮތުން އިންޑިއާއިން ފޯރުކޮށްދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޝާހިދު އިންޑިއާއަށް ވަޑައިގެންފައި މިވަނީ މި ހަފްތާގެ ހުކުރު ދުވަހު ބާއްވާ މޯލްޑިވްސް–އިންޑިއާ ޖޮއިންޓް ކޮމިޝަން މީޓިންގައި ބައިވެރިވެވަޑައިގަތުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް