Advertisement
ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 17:58
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވި ބައެއް
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެވާން އުޅެނިކޮށް ހުއްޓުވި ބައެއް
އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
މިދިޔަ މަހު ރާއްޖެ އެތެރެވާން އުޅުނު 167 މީހަކު ހުއްޓުވާފައިވޭ
2،314 މީހަކަށް ވޯކް ވިސާ ދޫކޮށްފައިވޭ
22،071 ދިވެއްސަކު ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވޭ
ޕާސްޕޯޓް ނަކަލު ކޮށްގެން އެތެރެވާން ގިނަ ބިދޭސީން މަސައްކަތް ކޮށްފައިވޭ

މިދިޔަ މަހު ރާއްޖެ އަށް އެތެރެވާން އުޅުނު 167 މީހަކު ހުއްޓުވައި، އަނބުރާ ގައުމަށް ފޮނުވާލެވިފައިވާ ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ، މި މީހުންގެ ތެރެއިން 160 މީހުންނަކީ ސައްހަ ވޯކް ޕާމިޓްއާއި އެހެނިހެން ޓްރެވެލް ޑޮކިއުމެންޓްސް ނެތް މީހުން ކަމަށެވެ. އަދި ހުއްޓުވާފައިވާ ހަތް މީހުންނަކީ ޝަހްސް އޮޅުވާލައިގެން މަސައްކަތް ކުރި މީހުން ކަމަށްްް އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަންގެ މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް 164،361 (އެއްލައްކަ ފަސްދޮޅަސް ހަތަރު ހާސް ތިން ސަތޭކަ ފަސްދޮޅަސް އެކަކު) އެތެރެވެފައިވެއެެވެ. އަދި ފަތުރުވެރިންގެ ގޮތުގައި 138،654 (އެއްލައްކަ ތިރީސް އަށްހާސް ހަ ސަތޭކަ ފަންސާސް ހަތަރު) މީހަކު އެތެރެވިއެވެ.

Advertisement

ބުދަ ދުވަހު އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން ރާއްޖޭގައި މަސައްކަތް ކުރަން 2،314 (ދެހާސް ތިން ސަތޭކަ ސާދަ) މީހުންނަށް ވޯކް ވިސާ މިދިޔަ މަހު ދޫކޮށްފައިވެއެވެ.

ނޮވެމްބަރު މަހު ރާއްޖެއިން ބޭރަށް 22،071 ދިވެއްސަކު ދަތުރުކޮށްފައިވާ ކަމަށް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް އެތެރެވާން އުޅުނު 160 ބިދޭސީއަކު ފޮނުވާލާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފައިވާއިރު، ރާއްޖެއަށް އެެތެރެވާން އެންމެ ގިނައިން މަސައްކަތް ކޮށްފައިވަނީ ޕާސްޕޯޓް ނަކަލު ކޮށްގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް