Advertisement
ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 12:27
ރަސްދޫގެ މަގުމަގެއްގައި ފެންބޮޑުވެފައި
ރަސްދޫގެ މަގުމަގެއްގައި ފެންބޮޑުވެފައި
ޕޮލިސް
ރާާއްޖޭގެ މޫސުން
ރަސްދޫގަ ފެންބޮޑުވެއްޖެ
ކުރިއަށް އޮތް ތިން ދުވަހު ވެސް ވިއްސާރަވާނެ ކަމަށް މެޓް އޮފީހުން މައުލޫމާތުދޭ

ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގައި އއ. ރަސްދޫއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެ އެވެ.

Advertisement

ފުލުހުން ބުނީ އަންގާރަ ދުވަހުގެ ރޭގެ ފަތިހުންގެ ފެށިގެން އެރަށަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ގެތަކަށް ފެން ވަނަ ނުދިނުމަށްޓަކައި ރަސްދޫގައި ޙަރަކާތްތެރިވާ ފުލުހުން ދަނީ ވެލިބަސްތާ ޖެހުމުގައި ޙަރަކާތްތެރިވަމުންނެވެ.

މީގެ އިތުރުން ރަސްދޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި މޯލްޑިވްސް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވެސް ބުދަ ދުވަހު ހެނދުނު ޙަރަކާތްތެރިވެފައިވާ ކަމަށް އެ ސެންޓަރުން މައުލޫމާތު ދެއެވެ.

ބުދަ ދުވަހުގެ ހެނދުނުން ފެށިގެން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދަނީ ބޯކޮށްވާރޭ ވެހެމުންނެވެ. ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން މަޢުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް