Advertisement
ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 12:31
ބިލް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ
ބިލް ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ
މަޖިލިސް
ޗާޓަރޑް އެކައުންޓެންޓުގެ ބިލު
ޗާޓަރޑް އެކައުންޓެންޓުގެ ބިލު:"އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" އުފެއްދުން
މި އިންސްޓިޓިއުޓަށް އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވޭ
އަދި އަމިއްލަ ނަމުގައި، މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވޭ
އިންސްޓިޓިއުޓްގެ މަގްސަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ޗާޓަރޑް އެކައުންޓެންސީގެ ފަންނު ރެގިއުލޭޓްކުރުން ހިމެނޭ

"އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް" ގެ ނަމުގައި އިންސްޓިޓިއުޓެއް އުފެއްދުން ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓުންގެ ބިލުގައި ހިމެނިއްޖެއެވެ.

ސަރުކާރުގެ ފަރާތުން، ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ ހުށަހަޅުއްވާފައިވާ މި ބިލުގައި ވާގޮތުން މި ޤާނޫނަށް ޢަމަލު ކުރަން ފެށުމާއެކު "އިންސްޓިޓިއުޓް އޮފރް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް"ގެ ނަމުގައި މިނިވަން މުސްތަޤިއްލު ޝަޚްޞެއް އުފެދުނީއެވެ.

މި އިންސްޓިޓިއުޓަށް އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވެއެވެ. އަދި އިންސްޓިޓިއުޓަކީ އަމިއްލަ ނަމުގައި، މުޢާމަލާތުކުރުމުގެ ޙައިޞިއްޔަތު ލިބިފައިވާ ސިއްކައެއް އޮންނަ ޤާނޫނީ ގޮތުން މިނިވަން މުސްތަޤިއްލު ޝަޚްޞެކެވެ.

Advertisement

މި އިންސްޓިޓިއުޓްގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ޗާޓަރޑް އެކައުންޓެންސީގެ ފަންނު ރެގިއުލޭޓްކޮށް ކުރިއެރުވުމާއި އިންސްޓިޓިއުޓްގެ މެންބަރުންނަށް ބޭނުންވާ ތަޢުލީމާއި، ތަމްރީނާއި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ. އަދި އެކައުންޓެންސީގެ ދާއިރާ ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރގައި މަސައްކަތްކުރާ ފަރާތްތަކަކީ އެކައުންޓެންސީގެ ދާއިރާއިން ފަންނީ ތަޢުލީމާއި ފަންނީ ތަޢުލީމާއި ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަމުގައި ހެދުމަށް މަސައްކަތްކުރުން ވެސް މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އިންސްޓިޓިއުޓަށް ލިބިފައިވާ ބާރުތަކަށް ބަލާލާއިރު އިންސްޓިޓިއުޓްގައި އެކި ފަރާތްތައް ރަޖިސްޓްރީކުރުމާއި އެކައުންޓެންސީގެ ދާއިރާގެ ފަންނ އިންސްޓިޓިއުޓަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މެންބަރުންގެ މަޞްލަޙަތު ޙިމާޔަތްކުރުމާއި އިންސްޓިޓިއުޓްގެ މެންބަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަންނީ މައިދާނުގައި މަސައްކަތްކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ އިތުރުން ފައިނޭންޝަލް އެކައުންޓިންގގެ ޢިލްމާއި މެނޭޖްމަންޓް އެކައުންޓިންގގެ ޢިލްމާއި ފައިނޭންޝަލް އެކައުންޓިންގ ސްޓޭޏްޑަރޑްސްގެ ޢިލްމުގެ އިތުރުން އޮޑިޓިންގ އަދި އެޝުއަރެންސްގެ ޢިލްމު ފޯރުކޮށްދިނުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް