Advertisement
ކ. މާލެ
|
11 ޑިސެންބަރ 2019 | ބުދަ 12:33
އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުން
އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކުރުން
އެމްއެންޑީއެފް
އެމްއެންޑީއެފް
އެމްއެންޑީއެފް ސްޕެޝަލް ފޯރސަސްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި
މި ހަފުލާގައި ސްޕެޝަލް ފޯސަސްގެ ލަވަ ވަނީ އިފްތިތާޙްކޮށްފައި
ސްޕެޝަލް ފޯސަސްއަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި ކޭކެއް ވަނީ ފަޅާފައި

އެމްއެންޑީއެފް ސްޕެޝަލް ފޯrސަސްގެ 13 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފުލާ ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯrސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އަދި މި ޙަފުލާގައި ޗީފް އޮފް ޑިފެންސް ފޯރސް ވަނީ ސްޕެޝަލް ފޯރސަސްގެ ސިފައިންނާ މުޚާޠަބު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މި ޙަފުލާގައި ޗީފް އޮފް ޑިފެންސް ފޯރސް ވަނީ ސްޕެޝަލް ފޯރސަސްގެ ލަވަ އިފްތިތާޙުކޮށްދެއްވާފައެވެ. މީގެ އިތުރުން ސްޕެޝަލް ފޯރސަސްއަށް 13 އަހަރު ފުރުމުގެ މުނާސަބަތުގައި ކޭކެއް ވަނީ ފަޅާފައެވެ.

Advertisement

މި ޙަފުލާގައި ވޭތުވެދިޔަ އަހަރު ސްޕެޝަލް ފޯރސަސްގައި އެންމެ ރަނގަޅަށް މަސައްކަތްކުރި ސިފައިންނާއި އެންމެ ފިޓު ސޯލްޖަރަކަށް ހޮވުނު ފަރާތްތަކަށް ހަނދާނީ ފިލަ އާއި ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ.

މި ޙަފުލާގައި ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފާއި، އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުންނާއި، ޔުނިޓްތަކުގެ ކޮމާންޑަރުންނާއި، ސްޕެޝަލް ފޯރސަސްގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި، އެހެނިހެން ރޭންކުތަކުގެ ސިފައިންގެ އިތުރުން ޢާއިލާތަކުގެ މެންބަރުން ބައިވެރިވިކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް